
ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ޓީމުން އުނިކުރީ އޭނާ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ. ހުސްވި ސީޒަނުގައި ފްރާންސް ލީގާއި، ފްރާންސް ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދިން ކީޕަރާ ބެހޭ ގޮތުން އެންރީކޭ މިހެން ބުނީ ޕީއެސްޖީން ޑޮންނަރުންމާ ދޫކޮށްލަން ނިންމުމާ ގުޅިގެންނެވެ. އަދި ސުޕަ ކަޕްގައި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި އޭނާ ނުހިމެނި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. “އޭނާ ޓީމުގައި ނުހިމެނީ އަހަރެން. އެކަމުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. ޑޮންނަރުންމާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ގޯލްކީޕަރު. އެކަމަކު އަހަރެން ތަފާތު ހިޔާލަކަށް މަސައްކަތް ކުރަން ބޭނުން. އޭނާ އަށް އަހަރެން އެދެނީ ކާމިޔާބު،” އެންރީކޭ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ޑޮންނަރުންމާ ބުނީ ކޮންމެ ވެސް މީހަކު އޭނާ ކުލަބުގައި ހުންނަން ބޭނުންނުވަނީ ކަމަށެވެ. އަދި އޭނާގެ އެޖެންޓް ބުނީ ކުއްލި ގޮތަކަށް ޕީއެސްޖީން ކަންކަންކުރި ގޮތުން ވަރަށް ބޮޑަށް ހައިރާންވެއްޖެ ކަމަށެވެ. “ޕީއެސްޖީން ކަންކަންތައް ކުރީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތަކަށްނޫން. ވަރަށް ކުއްލި ގޮތަކަށް މި އެނގުނީ އެ މީހުން ޓީމު ލިސްޓުގައި އޭނާގެ ނަން ނުޖަހާ ކަމަށް. ހަގީގަތުގައި ކުލަބުން ކަންތައްތައް ކުރީ ވަރަށް ބޭ އިހްތިރާމްކޮށް. މި އަށްވުރެ ރީތި ކޮށް ވެސް ކަންކަން ކުރެވޭނެ،” އެޖެންޓް ބުންޏެވެ. އޭނާ އަދި ބުނީ ޑޮންނަރުންމާ ޕީއެސްޖީ އަށް ކުޅުނޫ ވަރަށް ކުޅޭ ހިތުން، އެއްވެސް މައްސަލަ އެއް ނެތި ކަމަށާއި ކުލަބު ވޯލްޑް ކަޕަށް ފަހު މައްސަލަ ޖެހުނީ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާ އިން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑޮންނަރުންމާ އާއި ޕީއެސްޖީ މައްސަލަ ޖެހުނީ ކޮންޓްރެކްޓް އައުކުރުމުގައެވެ. އޭނާ އަކީ އެ ކުލަބުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ޕީއެސްޖީން މިހާރު ބޭނުންވަނީ 26 އަހަރުގެ ޑޮންނަރުންމާއާ އެކު ކުރިއަށް ދިއުމުގެ ކުރިން އެ ކުލަބުގެ ޕޮލިސީތަކަށް އޭނާ އެއްބަސްވުމަށެވެ. މި ގޮތުން ފުރަތަމަ ކަމަކީ އެ ކުލަބުގެ އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސްވުމެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި އެއްބަސްވުން އައު ކުރަން ދެ ފަރާތުން މިހާތަނަށް ދެއްކި ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އޮތީ ވެސް އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސް ނުވާތީ އެވެ. ސަބަބަކީ އެ އޮނިގަނޑުގެ ދަށުން އޭނާ އަށް މިހާރު ލިބޭ މުސާރަ ބޮޑުތަކުން ކުޑަވާނެތީ އެވެ.
މި ހިޔާލު ތަފާތުވުންތަކުގައި ޕީއެސްޖީން ވަނީ ފްރާންސްގެ ލިލްއަށް ކުޅޭ ކީޕަރު ލޫކަސް ޝިވަލިއާ ގެނެސްފަ އެޗެ. އަދި ސުޕަކަޕް ކާމިޔާބު ކުރި މެޗުގައި ކުޅުނީ ވެސް ޝިވަލިއާ އެވެ. އޭނާ ގެނައީ 40 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ވެސް ބައެއް ކީޕަރުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޑޮންނަރުންމާއަށް ޝައުގުވެރިވާ ކުލަބުތަކުގެ ތެރޭގައި އޭނާގެ ގައުމު އިޓަލީ އާއި އިނގިރޭސިވިލާތުގެ ކުލަބުތައް ހިމެނެ އެވެ. އިޓަލީގެ އިންޓަމިލާނުން އޭނާ އަށް ޝައުގުވެރިވި ނަމަވެސް މިހާތަނަށް ބިޑެއް ނުކުރެ އެވެ. އިނގިރޭސިވިލާތުން މިކަމާ އުޅެނީ މެންޗެސްޓާ ގެ ދެ ކުލަބެވެ. މީގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގަތުމަށް ޕީއެސްޖީއާއެކު ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ކުޅުންތެރިޔާގެ މުސާރަ ބޮޑުވުމާއި އޭނާ ވިއްކަން ޕީއެސްޖީ ކިޔާ އަގު 50 މިލިއަން ޔޫރޯ އަށް ވުރެ މަތިވާތީވެ މި ވާހަކަތައް ވަނީ މަޑުޖެހުން އައިސްފަ އެވެ.
އޭނާގެ އެޖެންޓް ބުނީ އިޓަލީގެ އެއްވެސް ކުލަބަކާ ވާހަކަ ނުދައްކާ ކަމަށާއި ކުޅުންތެރިޔާގެ ވިސްނުމަކީ އިނގިރޭސި ލީގުގައި ކުޅެން ބަދަލުވުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
