
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިދިޔަމަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވަށް 10 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރަސްމީ ރިޒާވަކީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ބަލާ މުހިންމު މިންގަނޑަކަށްވާއިރު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓަން ޖެހޭކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ދައްކާގޮތުން، ބޭނުން ކުރެވޭ ރިޒާވް ޖުލައިމަހުގެ ނިޔަލަށް ވަނީ 213.22 މިލިޔަން ޑޮލަރަށް އަރާފައެވެ. މިދިޔަ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރެވެ. މިއީ 5 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭނުން ކުރެވޭ ރިޒާވަކީ ވަގުތުން ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުން ކުރުމަށް ރިޒާވުގައި ހުންނަ އަދަދެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރަސްމީ ރިޒާވް ވަނީ ޖޫންމަހާއި އަޅާބަލާއިރު ޖުލައި މަހު ދަށްވެފައެވެ. ޖުލައިމަހު ރަސްމީ ރިޒާވުގައި ހުރީ 774.52 މިލިޔަ ޑޮލަރެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 6 އިންސައްތައިގެ ދަށްވުމެއްކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މީގެ އިތުރުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު މިމުއްދަތުގައި ވަނީ ދަށްވެފައެވެ. ޖުލައި މަހު މިއަދަދު 688.24 މިލިޔަން ޑޮލަރުގައި މިއަދަދު ހުރިއިރު، ޖޫން މަހު މިއަދަދު ހުރީ 774.5 މިލިޔަން ޑޮލަރުގައެވެ.
ރާއްޖޭގެ ރިޒާވު ޚަރުދަނާކޮށް ރިޒާވުގައި ހުރި މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. ކޯވިޑަށް ފަހު ރިޒާވް ދަށްވެގެން ދިޔައިރު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވެ މިދިޔަ ދެތިން އަހަރު ތެރޭގައި ސަރުކާރަށް ބޭރުން އެހީ ހޯދުމަށް ދަތިވިކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މިކަން ހައްލު ކުރުމަށް ރިޒާވް އިތުރު ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިގޮތުން ބޭރުފައިސާގެ އައު ޤާނޫނު ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރުމުންނެވެ. މީގެ އިތުރުން މިއަހަރު ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ މިއަހަރު އިތުރުވެފައިވާޢިރު، ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ ކަރަންސީ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް ރިޒާވް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މި ސްވޮޕް އެއްކޮށް ބޭނުން ކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ މިއަހަރު އަދި އަންނަ އަހަރެވެ. އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭއިރު ރިޒާވް ހަރުދަނާވުމަކީ މިކަމަށް މުހިންމު ކަމެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
