
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދޮންފަނުގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ މުހިންމު މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މާޅޮސްމަޑުލު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ރަށުގެ ޢުމްރާނީ ތަރައްޤީގެ މުހިންމު 2 މަޝްރޫއެއްގައި ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫޢުތަކަކީ ދޮންފަނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި އެ ރަށުގެ ސްކޫލް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. ދޮންފަނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމާއެކު، ހިއްކާ ބިމުގެ ވަށައިގެން 1,229 މީޓަރުގެ ރިވެޓްމަންޓަކާއި 125 މީޓަރުގެ ބްރޭކްވޯޓަރއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 25 މީޓަރުގެ ދެ ފައިކަށްޓަކާއި 15 މީޓަރުގެ އެއް ފައިކަށިލުމާއެކު، ބަނދަރުގައި 42 މީޓަރުގެ ޖެޓީއެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 214 މިލިޔަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމާގޮތަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދޮންފަނު ސްކޫލު ތަރައްޤީކުރުމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަންއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ. މި އެއްބަސްވުމުގެ ދަށުން އެރަށު ސްކޫލުގައި 6 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލާއި، ލައިބްރަރީ އަދި ސައިންސް ލެބެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދޮންފަނަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ނަމަވެސް، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. އެގޮތުން ދޮންފަނުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތަށް ފާހަގަކުރެވޭ ފަދަ ކުރިއެރުމެއް ލިބި، ރަށު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި، ޒުވާނުންނަށް އިތުރު ހުނަރުތައް ދަސްކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
