
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑޮނޭޝިޔާގެ ރައީސް، ޕްރަބޯވޯ ސުބިއަންތޯގެ ކާބޯތަކެތި ޔަޤީންކުރުމުގެ ސިޔާސަތުގެ ދަށުން ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިިންގުމުގައި އެހީތެރިވުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ 100 ފައުޖު ބައިވެރިކުރުމަށް ނިންމައިފިއެވެ. މިދިޔަ އަހަރުގެ ތެރޭގައި އިންޑޮނޭޝިޔާގެ ރައީސްގެ މަޤާމާ ސުބިއަންތޯ ޙަވާލުވެވަޑައިގެންނެވި ފަހުން، އަސްކަރިއްޔާގެ ޚާއްޞަ ފައުޖެއްގެ ކޮމާންޑަރުކަން މީގެ ކުރިން ކުރައްވާފައިވާ ސުބިއަންޓޯ ވަނީ ޤައުމުގެ ހިންގުމުގައި އަސްކަރިއްޔާގެ ދައުރު ފުުޅާކުރައްވައިފައެވެ. މަދަރުސާތަކަށް ހިލޭ ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ މަނިކުފާނު ހިންގަވާ މަޝްރޫޢުގެ ދަށުން މަދަރުސާތަކަށް އެ ތަކެތި އުފުލުމުގެ މަސައްކަތުގައި އާއި އާންމުން ބޭނުންކުރުމަށް ބޭސް އުފެއްދުމުގައި ވެސް ސިފައިންގެ އެހީތެރިކަން އެ މަނިކުފާނު ވަނީ ހޯއްދަވައިފައެވެ.
އެތައް ހާސް ސިފައިންގެ މައްޗަށް އެކުލެވޭ މި ފައުޖުތައް އިންޑޮނޭޝިޔާގެ އެކި ސަރަޙައްދުތަކުގައި ދަނޑުވެރިކަމާބެހޭ މަޝްރޫޢުތަކާއި ޞިއްޙީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ޙަރަކާތްތެރިވަމުންދާނެއެވެ. އަސްކަރިއްޔާގެ ތަރުޖަމާނު، ބްރިގޭޑިޔަރ ޖެނެރަލް ވަހްޔޫ ޔުދަޔާނާ ވިދާޅުވީ ޚާއްޞަ ގޮތެއްގައި އެކަހެރި ސަރަޙައްދުތަކުގައި މި ފައުޖުތަކުން ޙަރަކާތްތެރިވަމުން ދާނެ ކަމަށެވެ. ޔުދަޔާނާ ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އަސްކަރިއްޔާގެ މައި ދައުރަކީ ކަންކަން މަގުފަހުކޮށްދިނުން ކަމަށެވެ. ތަފާތު ސަބަބުތަކާހުރެ މަޝްރޫޢުތަކަށް މައްސަލަތައް ކުރިމަތިވެ ނަތީޖާ ނެރުމަށް ހުރަސްއެޅުމުން އުފެދޭ ހުސް ޖާގަ ފުރައިދެނީ އަސްކަރިއްޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި އިންޑޮނޭޝިޔާއިން ވަނީ އެ ޤައުމުގެ އަސްަރިއްޔާއިން ސަރުކާރުގައި އަދާ ކުރާ ދައުރު ފުޅާ ކުރުމަށް ޤާނޫނެއް ފާސްކޮށްފައެވެ. އެ ޤާނޫނުގެ ސަބަބުން އިންޑޮނޭޝިޔާގައި ހުދުމުހުތާރު ވެރިކަމެއް އުފެދިދާނެތީ ގިނަ ބަޔަކު ކަންބޮޑުވެއެވެ. ޔުދަޔާނާ ވިދާޅުވީ އަސްކަރީ ފައުޖުގެ ޒިންމާތަކުގެ ތެރޭގައި އެ ބިންތަކުގައި މަސައްކަތެެއް ނުކޮށް އޮންނަ ފަޅު ބިންތަކަށް ފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި ކާބޯތަކެތި އުދެއްދުން ހިމެނޭ ކަމަށެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އަސްކަރީ ފައުޖަކީ ދަނޑުވެރިކަމާބެހޭ މާބޮޑު މަޢުލޫމާތެއް އެނގޭ ބައެެއް ނޫންކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސިފައިންނަށް ތަމްރީން ދޭނެ ކަމަށެވެ.
ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ދަނޑުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރެވޭނީ އެ މަސައްކަތުގައި އަސްކަރީ ފައުޖުތައް ޝާމިލުކުރުމުގެ ބަދަލުގައި ދަނޑުވެރިން ބާރުވެރިކޮށްގެންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
