
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ފައުޖާއި ރަޝިޔާގެ އަސްކަރިއްޔާއިން ޖިންސީ ގޯނާއި އަނިޔާކުރުމުގެ އެތައް މައްސަލައެއް ފާހަގަވެފައިވާ ކަމަށް ވިދާޅުވެ، އެ ދެ ޤައުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓީނިޔޯ ގުތެރޭސް ރަސްމީ އިންޒާރެއް ދެއްވާފައިވާކަން ހާމަވެއްޖެއެވެ. ރަޝިޔާ އާއި ޔަހޫދީންގެ ފައުޖުން ހިންގަމުންދާ ޖަރީމާތަކަށް ގުތެރޭސް ތައްޔާރުކުރައްވާފައިވާ ރިޕޯޓަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ބުނީ އެ ރިޕޯޓުގައި ޙާއްސަކޮށް ބަންދުގައި ތިބޭ ޤައިދީންނަށް ކުރާ އަނިޔާތައް ފާހަގަކުރައްވައިފައިވާ ކަމަށެވެ. މިގޮތުން، އިންސާނީ ކަރާމަތް ގެއްލޭ ގޮތަށް ޤައިދީން ބަރަހަނާކޮށް، ޖިންސީ ގުނަވަންތަކަށް އަނިޔާދިނުން ފަދަ އެތައް މައްސަލައެއް އެ ރިޕޯޓުގައި ފާހަގަކުރައްވައިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އދ.ގެ ސަލާމަތީ މަޖިލީހަށް ކޮންމެ އަހަރަކު ހުށަހަޅުއްވާ އެ ރިޕޯޓުގައި ގުތެރޭސް ވިދާޅުވެފައި ވަނީ ނިޒާމީ ސިފައެއްގައި ރާވައިގެން ރޭޕްކުރުމާއި ޖިންސީ އަނިޔާދޭކަމަށް ބެލެވޭ ޤައުމުތަކުގެ ލިސްޓުގައި ރަޝިޔާ އާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް އަންނަ އަހަރު ހިމަނަންޖެހިދާނެކަމަށެވެ. މި އިންޒާރު ރަސްމީކޮށްދެއްވަން ޖެހިވަޑައިގެންނެވީ، ޖިންސީ ގޯނާއި އަނިޔާ ތަކުރާރުކޮށް ދެމުންދާކަމަށް އދ.ގެ އެކި ގުނަންތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ރިޕޯޓުގައި ގުތެރޭސް ވިދާޅުވެފައިވެއެވެ.
އަދި ޔަހޫދީންގެ ދައުލަތުން އދ.ގެ މަންދޫބުންނަށް ކޮންމެވެސް މިންވަރަކަށް އެއްބާރުލުންދިން ނަމަވެސް، ޖިންސީ އަނިޔާތައް ދެމުންދާކަމުގެ މަޢުލޫމާތާ ގުޅިގެން އެކަން ހުއްޓުވައި، މި ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެ ރިޕޯޓުގައި ގުތެރޭސް ވިދާޅުވެފައިވެއެވެ. ޔަހޫދީންގެ ފައުޖުގެ އިތުރުން ރަޝިޔާ އިން ވެސް އދ.ގެ މަންދޫބުންނަށް އެއްބާރުލުން ނުދޭކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމުގައި ހަމަނުޖެހުން އުފައްދަން ޕީއެންސީގެ ލަޝްކަރު ފުރުސަތު ދީގެން ނުވާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގައުމު އިސްކޮށް، އެއްބައިވަންތަކަމާއެކު...
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
