
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ކުޅިވަރު ފަންޑުގެ ދަށުން ސްކޮލަރޝިޕް ދޭނީ ކިޔެވުމާ އެކުގައި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމަށް ޖާރޒީ ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ. މިހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މޮޅު އެތުލީޓުން އުފެދެނީ އެހެން ގައުމުތަކަށް ގޮސް ކިޔެވުމާއެކު ކުޅުމުގެ ފުރުސަތުތައް ފަހިކޮށްދެވިގެންކަމަށެވެ. އެހެންކަމުން ކުޅިވަރު ވުޒާރާއިން މިހާރު އަމާޒު ހިފާފައި ވަނީ މިއަހަރުގެ ތެރޭގައި މިކަން ހަގީގަތަކަށް ހެދުމަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
“މިހާރު އަބަދުވެސް އަޅުގަނޑުމެންނަށް ފެންނަނީ އެކަޑެމިކް މެރިޓުން ސްކޮލަރޝިޕް ލިބޭތަން. ސްޕޯރޓްސް މެރިޓަކުން އަޅުގަނޑުމެންނަކަށް ސްކޮލަރޝިޕެއް ނުލިބޭ. މިހާތަނަށް އަޅުގަނޑުމެން މިނިސްޓްރީއިން ޕްރޮވައިޑްކޮށްދެމުންދާ “އަރުތަ” ޕްރޮގްރާމަކީވެސް ބޮޑަށް އިންޑިވިޖުއަލް ކުޅިވަރުތަކަށް ދެވިގެންދާކަމެއް. އަދި ހަމައެއާއެކު އެކަމަކީ ހަމައެކަނި ކުޅިވަރު ކުޅެން ދޭ އިންވެސްޓްމަންޓެއް ލިބޭ ކުއްޖަކަށްވެސް” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމު މިހާރު ކުރިއަށްދާ އުސޫލުގެ ސަބަބުން ބޭރުގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އެތުލީޓުން އިމްތިހާނެއް ހަދަން ޖެހުނަސް ގިނަފަހަރަށް ޖެހެނީ އަނބުރާ ރާއްޖެ އައިސް އެއިމްތިހާނެއްގައި އިށީންނަންކަމަށެވެ. ސަބަބަކީ “އަރުތަ” ޕްރޮގްރާމުގައި ތައުލީމީ ބައި ކަވަރުކުރާގޮތަށް ހަމަޖެހިފައި ނެތުންކަމަށެވެ. އެހެންކަމުން ދާދި ފަހުން ތަސްދީގުކުރެވުނު ކުޅިވަރު ޤާނޫނުގެ ދަށުން އުފެދޭ ޤައުމީ ކުޅިވަރު ފަންޑުގެ ދަށުން އެތުލީޓުންނަށް ސްކޮލަރޝިޕް ލިބިގެންދާނީ ކިޔެވުމާއެކީކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
“އިރާދަކުރެއްވިއްޔާ އައު ޤާނޫނުގެ ދަށުން އުފެދޭ ޤައުމީ ކުޅިވަރު ފަންޑުގެ ދަށުން އަޅުގަނޑުމެން ސްކޮލަރޝިޕްދޭން ފަށާނީ ކިޔެވުމާއެކީގަ. މޮޅެތި ކުޅުންތެރިން، ގިނަ ގައުމުތަކުގައި އުފެދެނީ އެހެން ގައުމުތަކަށް ގޮސް އެތަނުގައި ކިޔެވުމާއި ކުޅުމާ މިދެކަމަށް ޗާންސް ލިބިގެން” ވަޒީރު ވިދާޅުވެފަވެއެވެ. ވަޒީރު ވިދާޅުވީ ކުޅިވަރު ވުޒާރާއިން މަސައްކަތްކުރާނީ މިފުރުސަތުތައް އެތުލީޓުންނަށް ފަހިކޮށްދިނުމަށްކަމަށެވެ. އެހެންކަމުން ކުޅިވަރު ވުޒާރާއިން މިހާރު އަމާޒު ހިފާފައި ވަނީ މިއަހަރުގެ ތެރޭގައި މިކަން ހަގީގަތަކަށް ހެދުމަށްކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
“އެހެންވީމާ އެ އޮޕޮޗުނިޓީ އެއީ އަޅުގަނޑުމެންނަށް ކެޕްޗާކުރެވޭނެ، ފޯރުކޮށްދެވޭނެ އޮޕޮޗުނިޓީއެއް. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަޒުމަކީ މިއަހަރު ތެރޭގައި އެކަން ޕްރެކްޓިކަލީ ވެގެން ދިއުން” ޖޫނިއާ ކުރިކެޓު ޓީމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކައިގައި ވަޒީރު ވިދާޅުވިއެވެ. “ޤައުމީ ކުޅިވަރު ފަންޑު”ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީ ކޮޅެވެ. އަދި މި ފަންޑު ހިމެނޭހެން، ކުޅިވަރާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު މިއަހަރުގެ މޭމަހުގެ 19ވަނަ ދުވަހު އެމަނިކުފާނު ވަނީ ތަސްދީގުކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކޮލަންބޯގެ "ގުޑް މާކެޓް" އޮފީހަށާއި އެތަނުން...
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކޮލަންބޯގައި ހުންނަ ލޭޑީ ރިޖްވޭ...
ފުރަތަމަ ކުއާޓަރުގައި އެމްއައިބީއަށް 113 މިލިޔަން ރުފިޔާގެ ފައިދާއެއް
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކަށް (އެމްއައިބީ) ސާފު ފައިދާގެ ގޮތުގައި 113.5 މިލިޔަން ރުފިޔާ ލިބި، މާލީ ގޮތުން ބޮޑު...
“ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަކީ އެޤައުމުގެ އިޤްތިޞާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ޒަމާންވީ...
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ...
ރައީސް އަރިހަށް ލަންކާގެ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް...
