
(ފޮޓޯ ކްރެޑިޓްސް: އޭއެފްސީ)
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން ތިންވަނަ ފަންތީގެ ކުލަބުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރުމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުވެއިތުގެ އަލް އަރަބިއާ ވާދަކުރަން ހަމަޖެހިއްޖެއެވެ.
އޭއެފްސީން ޗެލެންޖް ލީގުގެ ޕްލޭއޮފްގައި ކުޅެން ޖެހޭ ޓީމުތައް ކަނޑައަޅާފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތަކުގެ ރޭންކިން އާއި އެހެނިހެން ކަންކަމަށް ބެލުމަށްފަހުއެވެ. އެގޮތުން ޕްލޭއޮފްގައި މާޒިޔާއިން އެންމެ ފުރަތަމަ ވާދަކުރާގޮތަށް ހަމަޖެހުނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ކަމަށްވިޔަސް، އޭއެފްސީން ރޭންކިން އާއި ފުރުސަތު ލިބުނު އެހެން ކުލަބުތަކުގެ ކަންކަމަށް ބެލުމަށްފަހު، ފަހުން ހަމަޖެހުނީ މާޒިޔާއިން އަލް އަރަބިއާ ދެކޮޅަށް ވާދަކުރަންޖެހޭ ގޮތަށެވެ.
މާޒިޔާއިންވަނީ ފާއިތުވެދިޔަ 2024 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ކަށަވަރުކޮށްފައެވެ. ސެންޓްރަލައިޒްކޮށް ކުވެއިތުގައި ގްރޫޕް ސްޓޭޖުގެ ކުޅުނު އެމުބާރާތުގެ ދެވަނަ މެޗުގައި މާޒިޔާއިން ވަނީ އެ އަހަރު އަލް އަރަބިއާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި އަހަރު މި ދެ ޓީމުގެ ކުރިމަތިލުން، ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކުރުމުގެ މަރުހަލާގައި އޮތްއިރު، މި މެޗު ތާވަލުކޮށްފައިވަނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު މާލޭގައި ކުޅޭގޮތަށެވެ.
ވަރުގަދަ ސްކޮޑަކާއެކު މޮޅު ކުޅުމެއްދައްކަމުން އަންނަ މާޒިޔާއިންވަނީ މިދިޔަ މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގުކަޕުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ ހިއްލާލާފައެވެ. މީގެ އިތުރުން މާޒިޔާއިންވަނީ އޭއެފްސީ ކުލަބު ލައިސަންސު ވިދިވިދިގެން ދެވަނަ ފަހަރަށް ހޯދި ހަމައެކަނި ދިވެހި ކުލަބުގެ ޝަރަފުވެސް ދާދިފަހުން ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
