
(ފޮޓޯ ކްރެޑިޓްސް: ޓެނިސް އެސޯސިއޭޝަން)
އުރުދުންގެ ވެރިރަށް އައްމާންގެ އެތެރޭގެ ހާލަތު ހަމައަކަށް އެޅިފައިވާ ކަމަށާއި، ރާއްޖޭގެ ޓެނިސް ޓީމުގެ ކުޅުންތެރިން ތިބީ ރައްކާތެރިކަމާއެކު ވަރުގަދަ ރޫހެއްގައި ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ. ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލަކު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އައްމާންގައި މިވަގުތު ބައެއް ވަގުތުތަކުގައި ސައިރެންގެ އަޑުތައް އިވުނު ނަމަވެސް ނުރައްކަލެއް ނެތް ކަމަށާއި، ހުރިހާ ކުޅުންތެރިންގެ ހާލު ރަނގަޅުކަމަށާއި، ތިބީ ރައްކާތެރި ތަނެއްގައި ކަމަށެވެ. ޓެނިސް އެސޯސިއޭޝަނުން ކުޅުންތެރިންގެ ހާލު ބަލަމުން އަންނަކަމަށާއި، ކުޅުންތެރިން ބޭނުންވާ ކަންކަން ހަމަޖައްސައިދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ރާއްޖޭގެ ޓެނިސް ޓީމު މިމަހުގެ 12 ވަނަ ދުވަހު އުރުދުންއަށް ފުރީ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރުމަށެވެ. އަދި ދެވަނަ ބުރަށް ކޮލިފައިވުމުގެ ވަރުގަދަ އަޒުމުގައެވެ.
އެހެންނަމަވެސް އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ފެށުމާއި ގުޅިިގެން އެ މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ. ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތް މިހާރު ކެންސަލުކޮށްފައިވާކަމަށާއި، އެހެންކަމުން އުރުދުންގައި ރާއްޖޭގެ ޓީމުން ފަތިރަކުރުންތަކެއް ބާއްވަމުން އަންނަ ކަމަށެވެ. އެގޮތުން ބިލީ ޖީން ކިންގްކަޕަށް ދިޔަ ކުޅުންތެރިން މިވަގުތު އަންނަނީ އުރުދުންގެ ޤައުމީ ޓީމާއެކު ފަރިތަކުރުންތަކެއް ބާއްވަމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ހަނގުރާމަ އާއި ހެދި އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ފްލައިޓްތައްވެސް ކެންސަލްކޮށްފައިވާތީ ރާއްޖޭގެ ޓީމު މާލެ ގެނައުން ލަސްވިނަމަވެސް، މިހާރު ހަމަޖެހިފަިއވާ ގޮތުން މިމަހުގެ 21 ގައި މާލެ އާދެވޭނެ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.
ބިލީ ޖީން ކިންގް ކަޕްގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ކުރިމަތިވެފައިވާ ސަލާމަތީ ހާލަތާއި ގުޅިގެން އުރުދުންގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާތީ މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް ރީ-ޝެޑިއުލް ކުރުމުގެ ފުރުސަތު އޮތްތޯ ބަލާނެ ކަމަށެވެ. ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމުގެ ކަންކަން ފޮރިން މިނިސްޓްރީ އާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި މި ތިން އިދާރާއިން އަންނަނީ ޓީމަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އުރުދުންނަށް ދިޔަ ޓީމުގައި ހިމެނެނީ އާރާ އާސަލް އާޒިމް، ނަބާ ނިޝާން، ނަޔާރާ އުސާމާ އަލީ އަދި އާއިޝަތު ކަރިން ސައިޒާންއެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
