
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޓޮޓްނަމް ހޮޓްސްޕަރއަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހުއެން-މިންގެ މުސްތަގުބަލާމެދު ގޮތެއް ނިންމާނީ އެ ކުލަބުން އޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ނިމުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ޓޮޓްނަމް އާއިއެކު ސޮން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަހަރަކަށް ވެފައިވާއިރު އޭނާ ހޯދުމަށް ސައުދި އަރަބިޔާގެ ޕްރޯ ލީގުގެ ކްލަބްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ޓޮޓްނަމް ހޮޓްސްޕަރ އޭޝިޔާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޖުލައި 31 ވަނަ ދުވަހު ހޮންކޮންގައި އާސެނަލް އާއި ދެކޮޅަށް ކުޅުމަށްފަހު އޭގެ ތިން ދުވަސް ފަހުން ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ސޮންގެ އުފަން ގައުމު ކަމުގައިވާ ސައުތު ކޮރެއާގައި މެޗެއް ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. ސައުތު ކޮރެއާ އަށް ޓޮޓްނަމް ހޮޓްސްޕަރ ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ސޮން ބައިވެރިވާނެ ކަމަށާއި އަދި އެ ދަތުރުގައި ބައެއް ކޮމާޝަލް ކަންތައްތަކުގައި ސޮން ބައިވެރި ކުރުމަށް މި ދަތުރު އިންތިޒާމް ކުރާ ފަރާތާއި ޓޮޓްނަމް ހޮޓްސްޕަރ އާއި ދެމެދު ވަނީ އެއްބަސްވެފަ އެވެ.
ދެކުނު ކޮރެއާގެ އެންމެ މަޝްހޫރު އެއް ޝަހުސިއްޔަތުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ސޮން މި ދަތުރުގައި ބައިވެރި ނުވެއްޖެނަމަ ޓޮޓްނަމް ހޮޓްސްޕަރ އަށް މާލީ ގޮތުން ގިނަ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. ސޮން ހޯދުމަށް ރަސްމީކޮށް އަދި މިހާތަނަށް އެއްވެސް ހުށައެޅުމެއް ލިބިފައިނުވާކަމަށް އެ ކްލަބާއި ހަވާލާދީ ބައެއް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަދި ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ތޯމަސް ފްރޭންކްގެ ޕްލޭނުގައި ސޮން އަށް އޮތީ ކިހާވަރެއްގެ ދައުރެއް ކަމެއް އަދި އެނގިގެން ގޮސްފައިނުވާއިރު މި ދަތުރަށްފަހު ސޮންގެ މުސްތަގުބަލާއިމެދު ގޮތެއް ނިމިގެންދާނެ އެވެ.
ޖަރުމަނުގެ ބެޔާ ލެވަކޫސަން އިން 2015 ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އަށް ބަދަލުވި ސޮން ވަނީ އެ ކްލަބަށް ކުޅެދިން 454 މެޗުގައި 173 ލަނޑު ޖަހާފަ އެވެ. އަދި ޕްރިމިއާ ލީގުގައި އެ ކްލަބުން ހޭދަކުރި ދުވަސްތަކުގައި ސޮން އަކީ އެ ކްލަބުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ސޮންގެ ކެޕްޓަން ކަމުގެ ދަށުން މިދިޔަ މަހު މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޓޮޓްނަމް ހޮޓްސްޕަރ އިން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ކްލަބަށް ކާމިޔާބު ކުރެވުނު ފުރަތަމަ މުބާރާތެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
