
ފީފާ ކުލަބު ވޯލްޑް ކަޕުގައި ރެއާލް މެޑްރިޑް ކުޅޭ ފުރަތަމަ މެޗުގައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭއަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ. ސައުދި އަރަބިޔާގެ އަލް ހިލާލް އާއި ދެކޮޅަށް މިއަދު ރެއާލް މެޑްރިޑް ކުޅޭ މެޗަށް އެ ޓީމުން ނިކުންނައިރު އެންމެ ފަހުން ރެއާލް މެޑްރިޑް އިން ބޭއްވި ފަރިތަކުރުންތަކުގައިވެސް އެމްބާޕޭ ބައިވެރިވެފައެއް ނުވެއެވެ. ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޒަބީ އަލޮންސޯ ބުނެފައިވަނީ އެމްބާޕޭއަށް ގަދަ ހުމެއް ޖެހިފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އޭނާ އެ ޓީމުގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިނުވާ ކަމަށެވެ.
“އެމްބާޕޭއަށް ވަނީ ގަދަ ހުމެއް ޖެހިފައި ނަމަވެސް ކުރިއަށްވުރެ އޭނާގެ ހާލަތު މިހާރު ރަގަޅު. އިއްޔެ އޮތް ފަރިތަކުރުންތަކުގައި ބައިވެރިނުވީ ވެސް އޭގެ ސަބަބުން. ގަދަ އަވީގައި ޓްރެއިން ކުރުމަކީ އެހާ ރަގަޅު ކަމެއް ނޫން.” އަލޮންސޯ ބުންޏެވެ. އަލޮންސޯ އިތުރަށް ބުނެފައިވަނީ އެމްބާޕޭ އަށް މި މެޗުގައި ކުޅެވޭނެތޯ ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ. ފްރާންސްގެ ޕީއެސްޖީ އިން ރެއާލް މެޑްރިޑާއި ގުޅުނު އެމްބާޕޭ ވަނީ ނިމިގެންދިޔަ ސީޒަނުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ސްޕެނިޝް ލަލީގާގައި އޭނާ ވަނީ 31 ލަނޑު ޖަހާފަ އެވެ.
އަލޮންސޯ އިތުރަށް ބުނެފައިވަނީ އަލް ހިލާލް އާއި ދެކޮޅަށް ނިކުންނައިރު ޓީމެއްގެ ގޮތުގައި އެ ޓީމުން ރަގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް އެ ޓީމުގެ ޑިފެންސްލައިން އަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރަން ޖެހޭ ބައެއް ކަމަށެވެ. އަލް ހިލާލް އަށް ފީފާ ކްލަބް ވޯލްޑް ކަޕް އިން ފުރުސަތު ދީފައިވަނީ 2021 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
