
މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ އަށް ހަފުތާއެކު ތިން ލައްކަ ޕައުންޑްގެ މުސާރަ އެއް ދޭން އެ ކުލަބުން ނިންމައިފި އެވެ. ރޮޑްރީ އަކީ ހުސްވި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި ހުސްވި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާ އެވެ. ސްޕޭނުން ޔޫރޯ ކާމިޔާބު ކުރި އިރު އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް އޭނާ އެވެ. ނަމަވެސް އޭނާ އަށް އަނިޔާވީ އެ ކާމިޔާބީ އަށް ފަހު މިދިޔަ ސީޒަން ފަށަން ކުލަބާއެކު ފަރިތަކުރަނިކޮށެވެ. މިއާއެކު މިދިޔަ ސީޒަން އެއްކޮށް ނުކުޅެ ހުރި ކުޅުންތެރިޔާގެ މުސާރަ ބޮޑުކުރަން ސިޓީން ނިންމީ އޭނާ އެ ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ވެސް ބާކީ ދެ އަހަރު އޮއްވަ އެވެ. މިހާ އަވަހަށް ސިޓީން ތެޅި ގަތީ ރޮޑްރީ ގަތުމަށް ސްޕޭނުގެ މުއްސަނދި ކުލަބު ރެއާލް މެޑްރިޑުން ޝައުގުވެރިވުމުންނެވެ. ރެއާލްއިން ރޮޑްރީ ބޭނުންވީ އެ ކުލަބުގެ މެދުތެރެ އަށް ކުޅުނު މުހިންމު ދެ ކުޅުންތެރިއަކު މިދިޔަ ދެ ސީޒަނުގައި ކުޅުން ހުއްޓާލުމުންނެވެ. އެއީ ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޑާއި ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ.
ރޮޑްރީ އަށް ސިޓީން މިހާރު ދެމުން އަންނަނީ ހަފުތާއެކު ދެ ލައްކަ ޕައުންޑްގެ މުސާރައެކެވެ. މި އަދަދު ތިން ލައްކަ އަށް މަތި ކުރުމުން އޭނާ ވާނީ ސިޓީގައި ދެ ވަނަ އަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. އެންމެ މުސާރަ ބޮޑު ކުޅުންތެރިއަކީ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް އެވެ. އޭނާ އަށް ހަފުތާއަކު ބައި މިލިއަން ޕައުންޑްގެ މުސާރަ އެއް ދެމުން ގެންދެ އެވެ. ސިޓީން ރޮޑްރީ ހިފަހައްޓަން ބޭނުންވާ އެހެން ސަބަބެއް ވެސް ވެ އެވެ. އެއީ ކުރިއަށް އޮތް ކުލަބު ވޯލްޑް ކަޕަށް ފަހު ކެޕްޓަން އަދި މިޑްފީލްޑަރު ކެވިން ޑެބްރޭނާ ކުލަބު ދޫކޮށްލާތީ އެވެ. އަދި އުމުރު ދޮށިވެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު އިކާއީ ގުންޑޮގަން އަކީ ވެސް މިހާރު ޓީމުގެ ފުރަތަމަ 11 އަށް ވުރެ ބޮޑަށް ބެންޗުން ސްޓާޓް ކުރުވާ ކުޅުންތެރިއެކެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
