
އީރާން އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ބިލީ ޖީން ކިންގް ކަޕުގައި ވާދަކުރުމަށް އުރުދުންނަށް ދިޔަ ޓީމަށް މުބާރާތް ނުކުޅެވި އެނބުރި ރާއްޖެއަށް އަންނަން ޖެހިއްޖެއެވެ. ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލަކު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ މިހާރު މުބާރާތް ކެންސަލްކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ޓީމު ފުރައިގެން ދިޔަ ދުވަހާއި ޖެހިގެންއައި ދުވަހު މެދުއިރުމަތީގައި ހަމަނުޖެހުންތައް ފެށިގެން އުރުދުންގެ އެއާ ސްޕޭސް ބަންދުވުމާއި ގުޅިގެން ރާއްޖޭގެ ޓެނިސް ޓީމު ދާން ޖެހޭ ހިސާބަށް ނުދެވުނު ކަމަށެވެ.
އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން ފްލައިޓްތައްވެސް ކެންސަލްކޮށްފައިވާތީ ރާއްޖޭގެ ޓީމަށް ނާދެވިގެން އުޅޭ ކަމަށާއި، އެހެންނަމަވެސް އިރާދުކުރެއްވިއްޔާ މިމަހުގެ 21 ގައި ޓީމަށް މާލެ އާދެވޭގޮތް މިހާރު ހަމަޖެހިފައިވާކަމަށް ޓެނިސް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ. “ޖޯޑަންގެ އެއާ ސްޕޭސް ބަންދުކުރީމަ އެހެން ކަންޓްރީސްތަކުގެ ޓީމުތަކަށްވެސް ނާދެވުނު. މުބާރާތް ކެންސަލްވީ. ދެން ވަކިގޮތެއް އަންގާނަމޭ ބުނެފައިއޮތީ. އަޅުގަނޑުމެންގެ ޕްލޭޔާސް ގެންނަން އެންމެ އަވަހަށް ފްލައިޓެއް ލިބެން އިނީ 20 ގައި. އިރާދުކުރެއްވިއްޔާ 21 ގައި އަންނާނެ” އޮފިޝަލް ވިދާޅުވިއެވެ. ބިލީ ޖީން ކިންގްކަޕްގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ މިހާރު ކުރިޔަށްދާ ސަލާމަތީ ހާލަތާއި ގުޅިގެން އުރުދުންގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާތީ މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް ރީ ޝެޑިއުލް ކުރުމުގެ ފުރުސަތު އޮތްތޯ ބަލާނެ ކަމަށެވެ.
މުބާރާތް ނުކުޅެވި އުރުދުންގައި ޓީމު ތާށިވުމާއި ގުޅިގެން ހިންގާ ހަރަދުތައް އެސޯސިއޭޝަނުން ބަލަހައްޓަމުންދާ ކަމަށާއި، ޓީމަށް ފޮރިން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ. މި މަހުގެ 16-21 އަށް އުރުދުންގައި ބޭއްވުމަށް މަސައްކަތްކުރި ބިލީ ޖީން ކިންގް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޖޫނިއަރ ޓެނިސް ޓީމު ފުރީ ދެވަނަ ބުރަށް ކޮލިފައިވުމުގެ އަޒުމުގައެވެ. މި މުބާރާތަށް ދިޔަ ޓީމުގައި ހިމެނެނީ އާރާ އާސަލް އާޒިމް، ނަބާ ނިޝާން، ނަޔާރާ އުސާމާ އަލީ އަދި އާއިޝަތު ކަރިން ސައިޒާންއެވެ. މިދިޔަ އަހަރުވެސް ރާއްޖެއިން ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރިއެވެ. އެ މުބާރާތުގައި 16 ގައުމަކާ ވާދަކޮށްގެން ރާއްޖެއަށް ލިބުނީ 6 ވަނައެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
