
(ފޮޓޯ ކްރެޑިޓްސް: ހޭންޑްބޯލް މޯލްޑިވްސް)
ރާއްޖޭގައި ސެޕްޓެމްބަރު މަހު ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތަށް އަލުން ގައުމީ ޓީމު އެކުލަވާލަން ނިންމާފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މުޖޭ ވިދާޅުވީ އަލުން ސީނިއާ ޓީމު އެކުލަވާލުމަށް މާލޭގައި ސިލެކްޝަން ވަކި މުއްދަތެއްގެ ތެރޭގައި ބައްވާނެ ކަމަށެވެ. އެހެންނަމަވެސް އަދި މި ސިލެކްޝަން ބާއްވާނެ ތާރީހެއް ހާމަ ކޮއްފައެއް ނުވެއެވެ. “އަނެއްކާވެސް މާލޭގައި ސިލެކްޝަން ފީރިއަޑެއް ބާއްވާލާނަން. އިތުރު ކުދިންނަށް ފުރުސަތު ދިނުމަށް.” މުޖޭ ވިދާޅުވިއެވެ.
ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ބީޗް ހޭންޑްބޯޅައިގެ ހުނަރުހުރި މޮޅު ކުޅުންތެރިންނަށް ހޯދައިދިނުމަށް އަލުން ސިލެކްޝަނެއް ބާއްވަން ނިންމާފައިވާއިރު އަލަށް އެކުލަވާލާ ޓީމުން ވާދަކުރަން ޖެހޭ ކޮމަންވެލްތް ބީޗް ހޭންޑް ބޯޅަ މުބާރާތް އޮންނާނީ ކުޅުދުއްފުށިސިޓީ ގައެވެ. މީގެ ކުރިން އެކުލަވާލި ޤައުމީ ޓީމުގައި ހިމެނޭ 90 ޕަސެންޓް ކުޅުންތެރިންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އޮމާންގައި އޮތް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށް އެ ޓީމުން ވަނީ މި ސަރަހައްދުގެ 7 ވަނަ ހޯދާފައެވެ. މުޖޭ ވިދާޅުވީ ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމަށް ދެންވެސް އިރުޝާދު ދޭނީ ޕާކިސްތާނުގެ ކޯޗު އާސިމް ރަޝީދު ކަމަށެވެ. “ދެންވެސް ގެންނާނި ޕާކިސްތާނު ކޯޗު. އޭނާވަނީ އަޅުގަނޑުމެންގެ ޓީމަށް ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފަ. ވަރަށް މޮޅު ކޯޗެއް މީ” މުޖޭ ވިދާޅުވިއެވެ.
ޕާކިސްތާނުގެ އެންމެ ސީނިއާ ކޯޗުންގެ ތެރޭގައި ހިމެނޭ އާސިމް ރަޝީދަކީ ސަރަހައްދި ބީޗް ހޭންޑްބޯޅައިގެ ތަޖުރިބާކާރު އަދި ޕާކިސްތާނުގެ ގައުމީ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗެކެވެ. ރާއްޖޭގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑް ބޯޅަ މުބާރާތުގައި އޭޝިއާގެ 4 ގައުމަކާއި އެފްރިކާގެ ހަތަރު ގައުމަކުން ބައިވެރިވާނެއެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ 18-21 އަށް ކުޅުދުއްފުށީ ސިޓީގެ ހޭންޑްބޯޅަ ކޯޓުތަކުގައެވެ. މި މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ބީޗް ހޭންޑްބޯޅަ ޕްރޮމޯޓްކޮށް ރާއްޖޭގެ ރީތި ގޮނޑުދޮށްތައް ބައިނަލްއަގްވާމީ ކުޅުންތެރިންނަށް ތަޖްރިބާކޮށްލުމުގެ ފުރުސަތުދީ ސްޕޯޓްސް ޓޫރިޒަމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
