
ތާކުންތާކު ނުޖެހޭ ގޮތަށް ބާސެލޯނާއިން ކުޅުންތެރިން ނުގަންނާނެ ކަމަށް ސްޕޯޓިން ޑައިރެކްޓަރު ޑެކޯ ބުނެފިއެވެ. އޭނާ މިހެން ބުނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބާސެލޯނާއިން ކުޅުންތެރިން ތަކެއް ގަންނާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެމުންނެވެ. “އަހަރުމެންގެ ވަރަށް ރަނގަޅު ޓީމެއް އެބައޮތް. އެހެންވީމާ ތާކުންތާކު ނުޖެހޭ ގޮތަށް ބާސެލޯނާއިން ކުޅުންތެރިން ނުގަންނާނެ. ކޮންމެ ކޮންމެ ކުޅުންތެރިއަކު ވެސް އަހަރުމެން ނުގަންނާނަން. އަދި މޫނަށް ބަލާފައި ނުވަތަ ނަމަށް ބަލާފައި ވެސް ބާސެލޯނާ އަށް ކުޅުންތެރިއަކު ނުގެންނާނެ،” ޑެކޯ ބުންޏެވެ.
އޭނާ އަދި ބުނީ އަންނަ ސީޒަނަށް ބާސެލޯނާއިން ގަންނާނީ ކޮންމެހެން ކުޅުންތެރިއަކު ގަންނަންޖެހޭ މަގާމަކަށް އެކަނި ކަމަށެވެ. މި ގޮތުން މިހާތަނަށް ކުލަބުން އެންމެ ބޮޑަށް ބޭނުންވެފައިވަނީ އަރިމަތިން ކުޅޭނެ ކުޅުންތެރިއަކާއި ގޯލް ކީޕަރެއް ގަތުމަށް ކަމަށް ވެސް ޑެކޯ ބުންޏެވެ. “އަހަރުމެންގެ ވަރަށް ޒުވާން ޓީމެއް މި އޮތީ. އަދި ނަތީޖާތައް ވެސް ވަރަށް ރަނގަޅު. އެހެންވީމާ އަހަރުމެން ކޮންމެހެން ނުޖެހޭ މާކެޓުގައި ތެޅިފޮޅި ގަންނާކަށް. އެއަށްވުރެ އަހަރުމެން ޓީމު މޮޅު. ކުޅުންތެރިން ބަރާބަރު. އެކަމަކު އޭގެ މާނަ އަކީ އަހަރުމެން ކޮންމެހެން ހޯދަން ޖެހޭ މަގާމުތަކަށް ކުޅުންތެރިން ނުގެންނާނެ ވާހަކަ އެއް ނޫން،” ޑެކޯ ބުންޏެވެ.
ބާސެލޯނާއިން ވަނީ ހުސްވި ސީޒަނުގައި ސްޕޭނުގެ ތިން މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި ކޮޕާޑެލްރޭ އާއި ސްޕެނިޝް ސުޕަ ކަޕެވެ. އަދި އެ ޓީމު ވަނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ވެސް ކުޅެފަ އެވެ. ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ބާސެލޯނާގައި މިވަގުތު އޮތީ ޔޫރަޕުގައި ތިބި އެންމެ ހުނަވެރި ޒުވާން ކުޅުންތެރިން ތިބި ޓީމެވެ. މިހެންވެ ޓްރާންސްފާ މާކެޓުގައި ބޮޑު ހޭދަ އެއް ނުކޮށް ވެސް އެ ޓީމުން ކާމިޔާބު ހޯދޭނެ ކަމަށް ގަބޫލުކުރެ އެވެ.
ބާސެލޯނާއިން ވަނީ އަންނަ ސީޒަނަށް ވާދަވެރި އެސްޕަނިޔޯލްގެ ކީޕަރު ޖޯން ގާސިއާ ގެނައުމަށް ނިންމައިފަ އެވެ. އަދި އޭނާ ގަތުމަށް ދޭން ޖެހޭ ރިލީޒް ފައިސާ ކަމަށްވާ 25 މިލިއަން ޔޫރޯ ވަނީ ސްޕެނިޝް ލީގަށް ދައްކައިފަ އެވެ. ކުރި އަށް އޮތް ދެ ދުވަހުގެ ތެރޭގައި ޖޯން ގާސިއާ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނެ ކަމަށްވެ އެވެ. މީގެ އިތުރުން އަރިމަތިން ކުޅެން ގަތުމަށް މަސައްކަތް ކުރާ ދެ ކުޅުންތެރިންނަކީ ލިވަޕޫލްގެ ކޮލަމްބިއާ ވިންގަ ލުއިސް ޑިއާޒް އާއި އެތްލެޓިކް ކުލަބުގެ ސްޕޭން ވިންގަ ނިކޯ ވިލިއަމްސް އެވެ. މީގެ ތެރެއިން ޑިއާޒް ވިއްކަން ލިވަޕޫލް ކިޔާ އަގު ބޮޑުމުން އޭނާ ދޫކޮށްލުމަށްފަހު ނިކޯ ލައްވައި ސޮއި ކުރުވަން ބާސެލޯނާ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ސްޕޭނުގެ ނުފޫޒުގަދަ ނޫސްވެރިން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
މޫސުމީ ބަދަލުތަކަށް އިންސާފު ހޯދަން ގުޅިގެން ވަކާލާތު ކުރަން ޖެހޭ: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ އިންސާފު ހޯދުމަށް ކުދި ގައުމުތައް ގުޅިގެން ވަކާލާތު...
ލަންކާގައި ބީއެމްއެލްގެ ހިދުމަތް ފަށަން މަސައްކަތް ކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ....
ނަޝީދުގެ ތިން އަހަރުގެ ވެރިކަމުން ދައުލަތުން ބިލިއަނުން ދޭން ޖެހުނު ”ބޮޑު ބަދަލު“
(ފޮޓޯ ކްރެޑިޓްސް: އެކ.އެމްވީ) 2008 އިން 2012 އަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ވެރިކަމުގައި ނިންމެވި ބައެއް ނިންމުންތަކާއި ވެވުނު އެއްބަސްވުންތަކުގެ...
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
