
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ލޮސް އެންޖެލެސް އެފްސީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ. އެމެރިކާގެ އެޓްލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން 22 ހާސް މީހުން ވަންއިރު މި ދަނޑަކީ ޖުމްލަ ހަތްދިހަ އެއް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. ޗެލްސީ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ 34 ވަނަ މިނިޓުގައި ޗެލްސީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޮލަސް ޖެކްސަންގެ އެސިސްޓަކުން ޕެޑްރޯ ނެޓޯ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ދާދި ފަހުން އެ ޓީމާއި އަލަށް ގުޅުނު ފޯވަޑް ލިއާމް ޑެލަޕް ކުޅެން އަރުވާފަ އެވެ. އަދި އޭނާ ކުޅުނު 30 މިނިޓުގައި ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ޑެލަޕް ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ. ފްރާންސް އާއިއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އޮލިވިއާ ޖިރޫ އާއި ހޫގޯ ލޮރިސް ކުޅެމުންދާ ލޮސް އެންޖެލެސް އަށް މި މެޗުގައި ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީ އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފޭ ގޮތް ނުވެފަ އެވެ.
މި މެޗަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ވޯލްޑްކަޕް ފެށެން އަހަރަކަށް ވެފައިވަނިކޮށް ކުޅޭ މިފަދަ ބޮޑު މުބާރާތެއްގެ މެޗެއް ބެލުމަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަދެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މެޗު ކުޅުނު ގަޑި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މި މެޗު ފަށާފައިވަނީ އެމެރިކާގެ ގަޑިން ހަވީރު ތިނެއް ޖެހި އިރުއެވެ. މި މުބާރާތުގައި ޗެލްސީ އަންނަ ހުކުރު ދުވަހު ނިކުންނާނީ ބްރެޒިލްގެ ފްލެމިންގޯ އާއި ދެކޮޅަށެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ނިކުންނާނީ ތޫނިސް އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
