
ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސް ދާން ބޭނުންވަނީ ހަމައެކަނި ބާސެލޯނާއަށް ކަމަށް އޭނާ ބޭނުންވެގެން އުޅޭ ކުލަބުތަކުން ބުނަން ފަށައިފިއެވެ. އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ގަތުމަށް ޝައުގުވެރިވާ ކުލަބުތަކުގެ ތެރޭގައި ހިމެނެނީ ޔޫރަޕުގެ އެންމެ ގަދަ ކުލަބު ތަކެވެ. މީގެ ތެރޭގައި ބާސެލޯނާއާ ވާދަވެރި ސްޕޭނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ޗެމްޕިއަންސް ބަޔާން މިއުނިކާއި އިނގިރޭސި ލީގުގެ ދެ ވަނަ ހޯދި އާސެނަލް ހިމެނެ އެވެ. ކުޅުންތެރިޔާގެ އެޖެންޓާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު މީގެ ތެރެއިން ބަޔާންއިން ބުނެފައިވަނީ ނިކޯ ވިލިއަމްސް ގެނެވެސް އޮތީ ބާސެލޯނާ އަށް އޭނާގެ ސޮއި ނުހޯދިއްޖެނަމަ އެކަނި ކަމަށެވެ. ސަބަބަކީ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވާން ބޭނުންވުމެވެ.
ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިކޯ ވިލިއަމްސް ގަތުމަކީ ބާސެލޯނާގެ ވެސް މިހާރުގެ އެންމެ ބޮޑު އަމާޒެވެ. އެކުލަބުގެ އަރިމަތިން ކުޅުވާނެ މޮޅު ކުޅުންތެރިއަކު ހޯދަން ކުރި މަސައްކަތުގައި ބާސެލޯނާއިން ޝޯޓް ލިސްޓު ކުރީ ދެ ކުޅުންތެރިއެކެވެ. އެއީ ނިކޯ އާއި ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ލުއިސް ޑިއާޒް އެވެ. މީގެ ތެރެއިން ޑިއާޒް ވެސް ހުރީ އޭނާ ކުޑައިރުއްސުރެ ސަޕޯޓް ކުރާ ކުލަބަށް ކުޅޭ ހިތްވެފަ އެވެ. ނަމަވެސް ލިވަޕޫޅުން އޭނާ ވިއްކަން ކިޔާ އަގު ބޮޑެވެ. އެއީ ގާތްގަނޑަށް 80 މިލިއަން ޑޮލަރެވެ. ނަމަވެސް މި ވަގޔތު މި އަގު ދިނުމަކީ ބާސެލޯނާ އަށް ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް އެއް ފަހަރާ ދޭން އެ ކުލަބުން ބޭނުމެއް ނުވެ އެވެ. މިހެންވެ ނިކޯ ވިލިއަމްސް 60 މިލިއަނަށް ގަތުމަށް ބާސެލޯނާއިން ނިންމާފައިވާ ކަމަށްވެ އެވެ.
ސްޕޭނުގެ ބައެއް މީޑިއާ ތަކުން ބުނަނީ ބާސެލޯނާއިން އެ ކުލަބުގެ ކުޅުންތެރިންނަށް ނިކޯ ވިލިއަމްސް އެ ކުލަބަށް ބަދަލުވާ ވާހަކަ ބުނެދީފައިވާ ކަމަށެވެ. އުމުރުން 22 އަހަރުގެ ނިކޯ އަކީ ސްޕޭނުގެ ގައުމީ ޓީމުގައި ވެސް މިހާރު އެންމެ ވިދުން ގަދަ އެއް ކުޅުންތެރިޔާ އެވެ. އޭނާ ބާސެލޯނާ އަށް ކުޅެން ޝައުގުވެރިވާ ގިނަ ސަބަބުތަކެއްވެ އެވެ. މީގެ ތެރޭގައި ސްޕޭނުގެ ގައުމީ ޓީމަށް އޭނާއާއެކު ކުޅެމުން އަންނަ ލަމީން ޔަމާލްއާ ދެ މީހުން އެއް ޓީމަކަށް ކުޅެން ބޭނުންވުން ވެސް ހިމެނެ އެވެ.
ބާސެލޯނާއިން އަންނަ ސީޒަނަށް ތައްޔާރުވުމަށް ގެންނަ ފުރަތަމަ ކުޅުންތެރިއަކީ އެސްޕަނިޔޯލްގެ ކީޕަރު ޖޯން ގާސިއާ އެވެ. އޭނާ ގަތުމަށް ދޭން ޖެހޭ 25 މިލިއަން ޔޫރޯ ބާސެލޯނާއިން މިހާރު ވަނީ ސްޕެނިޝް ލީގަށް ދައްކައިފަ އެވެ. މިހެންވެ ކުރި އަށް އޮތް ދެ ދުވަހުގެ ތެރޭގައި މި ވިޔަފާރީ އެކީ ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
