
މޮޅު ފޯވަޑަކު ހޯދުމަށް އިނގިރޭސިވިލާތުގެ އާސެނަލް ކުރަމުންދާ މަސައްކަތަށް ސައޫދީ ކުލަބުތަކުން އުނދަގޫ ކުރަން ފަށައިފި އެވެ. އާސެނަލްއިން ގަންނަން ބޭނުންވާ ފޯވަޑުންގެ ލިސްޓުގެ އެއްވަނާގައިވަނީ ސްލޮވީނިއާގެ ފޯވަޑް ބެންޖަމިން ސެސްކޯ އެވެ. އުމުރުން 21 އަހަރުގެ ފޯވަޑް ވަނީ ހުސްވި ސީޒަނުގައި ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން އޭނާ ވަނީ 45 މެޗުން 21 ގޯލު އާރުބީ ލައިޕްޒިގަށް ޖަހައިދީފަ އެވެ. އެ ކުލަބުން އޭނާ ވިއްކާލަން ބޭނުންނުވި ނަމަވެސް އާސެނަލް ފަދަ ޔޫރަޕުގެ ބޮޑު ކުލަބަކުން ހުށަހަޅައިފިނަމަ އޮތީ ދުދޭ ގޮތަށެވެ. އެކަމަކު އެއީ 80 މިލިއަން ޔޫރޯ އަށްވުރެ ކުޑަ ނޫން އަގެއް ހުށަހަޅާނަމަ އެވެ.
ނަމަވެސް މި ކަމަށް އާސެނަލް އަށް ދަތިތަކެއް ކުރިމަތި ކުރަނީ ސައޫދީ އަރަބިއާގެ ކުލަބުތަކުންނެވެ. ހާއްސަކޮށް އަލް ހިލާލްއިންނެވެ. އެ ކުލަބުން ވަނީ އެއް ފަހަރާ 80 މިލިއަން ޔޫރޯ ލައިޕްޒިގަށް ދޭން ބުނެފަ އެވެ. އަދި ސެސްކޯ އަށް އާސެނަލް އަށް ނުދެވޭ ވަރުގެ ބޮޑު މުސާރަ އެއް ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ކުޅުންތެރިޔާ މީގެ ތެރެއިން ކުޅެން ބޭނުންވަނީ އާސެނަލް އަށެވެ. އެކަމަކު ސައޫދީގެ އޮފާތައް ރަނގަޅު ކަމުން ލައިޕްޒިގުން ތިބީ ވަކި ގޮތެއް ނުނިންމަ އެވެ.
ހުސްވި ތިން ސީޒަނުގައި ވެސް އިނގިރޭސި ޕްރެމިއާ ލީގުގެ ތައްޓަށް އެންމެ ބޮޑަށް ވާދަކުރި ޓީމަކީ އާސެނަލް އެވެ. ނަމަވެސް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ތަށިތައް ހޯދިއިރު އާސެނަލް އަށް ތައްޓާ ހިސާބަށް ނުދެވުނު މައިގަނޑު ސަބަބަކީ މޮޅު ފޯވަޑަކު ނެތުން ކަމަށް އެ ކުލަބުގެ ސަޕޯޓަރުން ދެކެ އެވެ. މިހެންވެ ސަޕޯޓަރުންގެ ޕްރެޝަރާއެކު އާސެނަލް އޮތީ ކުރި އަށް އޮތް ސީޒަނަށް މޮޅު ފޯވަޑަކު ގަތުމަށް ބޭންކް އެކައުންޓްތައް ހުޅުވާލަން ތައްޔާރަށެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
