
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފި އެވެ. އެމެރިކާގެ ޕަސަޑޭނިއާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި އަށްޑިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ 15 މިނިޓުގެ ތެރޭގައި ޕީއެސްޖީ އިން ވަނީ 82 އިން ސައްތަ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޕީއެސްޖީ އިން ވަނީ މެޗުގެ 19 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފަބިއަން ރުއިޒް އެވެ.
ޕީއެސްޖީ އިން ލަނޑު ޖަހާ ކުރި ހޯދި ފަހުން އެ ޓީމުގެ ފޯވަޑް ޕޯޗުގީޒްގެ ގޮންޒާލޯ ރާމޯސް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ތިން ފުރުސަތު ލިބި ބޭކާރުވެފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ވިޓީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. އެތްލެޓިކޯ މެޑްރިޑްގެ ގޯލު ކީޕަރު ޖޯން އޮބްލަކްގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 78 ވަނަ މިނިޓުގައި އެ ޓީމުގެ ކްލެމެންޓް ލެންގްލެޓް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެނީ މަޔޫލޫ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ލީ ކޭންގް އިން ވަނީ ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
ގަދަ އަވީގައި ކުޅުނު މި މެޗުގެ ސަބަބުން ކުޅުންތެރިންނަށް އުނދަގޫވި ކަމަށާއި އަދި މިއީ ކުޅުންތެރިންގެ ސިއްހަތަށް ގެއްލުންވާނެ ކަމެއް ކަމަށް ކުޅުންތެރިންގެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ. މި މުބާރާތުގެ ގިނަ މެޗުތަކެއް އެމެރިކާގެ ގަޑިން ހަވީރު 5 ގެ ކުރިން ކުޅެން ނިންމާފައިވާއިރު މި ގަޑިއަކީ ވަރަށް އަވިގަދަ ގަޑިތަކެކެވެ. މި މެޗުގައި ކޫލިން ބްރޭކް ދެ ފަހަރު މަތިން ދީފައިވާއިރު އައިސް ފެނުން ތެންމާފައިވާ ތުވާލިތައް ކުޅުންތެރިންގެ ބޮލުގައި އަޅައިގެން އުޅުނުތަން ވަނީ ފެނިފަ އެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
