
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އޯކްލޭންޑް އާއި ދެކޮޅަށް ޖަރުމަނުގެ ބަޔާން މިއުނިކް ކުޅުނު މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ތާރީޚުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް މޮޅުވި މި މެޗުގައި ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅުނު އޯކްލޭންޑް އަކީ ނިއު ޒިލޭންޑްގެ ޗެމްޕިއަން ޓީމުގެ އިތުރުން އޯޝޭނިއާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމޭވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހަށް ބަލާއިރު އޯޝޭނިއާ ސަރަހައްދުގެ އެންމެ ކާމިޔާބު ކްލަބް ކަމުގައިވާ އޯކްލޭންޑްގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ޕާޓް ޓައިމް ކުޅުންތެރިންނެވެ. އަދި މި މުބާރާތުގައި މި ޓީމު ވާދަކުރާއިރު އޭގެ ތެރެއިން ބައެއް ކުޅުންތެރިން މުބާރާތަށް ގޮސްފައިވަނީ ޗުއްޓީ ނަގައިގެންނެވެ.
އެމެރިކާގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ކިންގްލޭ ކޯމަން ވަނީ ލަނޑެއް ޖަހާ އޯކްލޭންޑްގެ ގޯލު ހުޅުވާލާފަ އެވެ.އަދި އޭގެ 12 މިނިޓު ފަހުން ސަޗާ ބޮއޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ބަޔާން މިއުނިކް އިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ކާމިޔާބުކޮށްފައިވާއިރު އޭގެ މިނިޓެއް ފަހުން ކިންގްސްލޭ ކޯމަން ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
އަދި މެޗުގެ 45 ވަނަ މިނިޓުގައި ތޯމަސް މުލާ ލަނޑެއް ޖަހާފައިވަނިކޮށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މައިކަލް އޮލިސޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 6-0 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކެއް ހަދާފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ތޯމަސް މުލާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 10-0 އަށް ބަދަލުކޮށްފަ އެވެ. މި މެޗުގައި ތޯމަސް މުލާ ޖެހި ދެ ލަނޑާއެކު އޭނާ ބަޔާން މިއުނިކަށް މިހާތަނަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 250 އަށް އަރާފަ އެވެ. އަދި މިއީ އޭނާ ބަޔާން މިއުނިކަށް ކުޅޭނެ އެންމެ ފަހު މުބާރާތެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ހަތް ޓީމު ވާދަކުރިއިރުވެސް އެންމެ ތަފާތު ބޮޑު ނަތީޖާއަކީ 2022 ވަނަ އަހަރު އަލް ހިލާލް އިން އަލް ޖަޒީރާ އަތުން 6-1 ގެ ނަތީޖާއަކުން މޮޅުވި މެޗެވެ.
About Post Author
މާދަމާ ނިއުސް
ސްޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި”ގަނެވިއްކުން“ނިމުމަކަށް!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް...
ޤަޒުފުގެ ތުހުމަތާއި ނޫސްވެރިކަމުގެ މިނިވަންކަން: ސިޔާސީ އައްޑަނައިގެ ނިވާފަތްގަނޑު
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) މި ލިޔުމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުތަކުގެ ބޭރުން، ނޫސްވެރިކަމުގެ ނަމުގައި ހިންގާ ބައެއް ނޭދެވޭ ޢަމަލުތަކަށް...
ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރެކޯޑު މުއްދަތެއްގައި ނިންމާލައިފި
ށ. މިލަންދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއީން...
ޔޫއޭއީ އަށް ހަމަލާއެއް ނުދެން: އީރާނު
ޔޫއޭއީއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދިން ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އީރާނުގެ އަސްކަރިއްޔާއިން ދޮގުކޮށްފިއެވެ. ޔޫއޭއީގެ އެޑްނޮކް ކުންފުނީގެ ޓޭންކަރަކަށް ދެ...
އެމެރިކާ އިން ހޮރްމޫޒް ކަނޑުއޮޅި ހުރަސް ކުރަން އުޅޭނަމަ ރައްދު ދޭނެ: އީރާން
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ހޮރްމޫޒް ކަނޑުއޮޅިއަށް ނުފޫޒު ފޯރުވަން އެމެރިކާއިން ކުރާ މަސައްކަތްތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ)...
ތެޔޮ ފީފާއެއްގެ އަގު 115 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 115.01 ޑޮލަރަށް އުފުލިއްޖެއެވެ. މިއީ އިއްޔެއާ އަޅާބަލާއިރު 3.81 ޑޮލަރުގެ...
