
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމާ ޖާރޒީ ހަވާލުކޮށްފިއެވެ. މިމަހުގެ 20އިން އަންނަ ޖުލައި މަހުގެ 6 އަށް މެލޭޝިއާގެ ސެލަންގޯރގައި އޮންނަ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ޓީމާ ޖާރޒީހަވާލުކޮށްފައި ވަނީ ޝީ ބިލްޑިންގުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކޮށްދެއްވާފައިވަނީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. ވަޒީރު ރާފިއުގެ އިތުރުން މިރަސްމިއްޔާތުގައި ކުރިކެޓު ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ފައިސަލްގެ އާއި އެބޯޑުގެ ނައިބު ރައީސް އަހުމަދު އިސްހާޤުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމުގެ އޮފިޝަލުންނާ އެތުލީޓުންގެ ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވަޒީރުވަނީ ޓީމަށް ހިތްވަރުދެއްވާފައެވެ. ވަޒީރު ވިދާޅުވީ އުމުރުން ހަގު ކުޅުންތެރިންތަކެއް ނަމަވެސް މިކުދިންނަކީ ހުއްޓުމެއްނެތި ކުރިކެޓުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ ކުދިންތަކެއްކަމަށެވެ. އެހެންކަމުން މިއީ ވަރަށް ޚާއްސަ ޓީމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ކުރިކެޓު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސީބީއެމްއިން ކުރަމުންދާ މަސައްކަތްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. “ކުރިކެޓު ބޯޑުން ކުރާ މިންނެތް މަސައްކަތް އެމަސައްކަތް އެކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ކުރިކެޓު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި” ވަޒީރު ވިދާޅުވެފަވެއެވެ.
މިމުބާރާތުގައި ރާއްޖެ ހިމެނޭހެން އިތުރު ނުވަ ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާނެ ގައުމުތަކަކީ އަލަށް ކުރިކެޓުގެ ތެރެއަށް ތައާރަފްވަމުން އަންނަ ޖޫނިއަރ ލެވެލްގެ ގައުމުތައްކަމަށް ކުރިކެޓު ބޯޑުންވަނީ މައުލޫމާތުދީފައެވެ. މިމުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމަކީ އުމުރުގެ ގޮތުން ވަރަށް ހަގު ޓީމެކެވެ. މީގެ ހައެއްކަ މަސްކުރިން މުބާރާތަށް ފަތިތަކުރުންތަށް ފަށާފަވާއިރު، ޓީމުގެ ކޯޗު ފާއިޒު ބުނެފައި ވަނީ ކުރިކެޓު ކުރިއަރާނީ ޖޫނިއާ ގައުމީ ކުރިކެޓު ޓީމަށް ފުރުސަތުތަކެއް ފަހިކޮށްދެވިގެންކަމަށާ، ބައިނަލްއަޤްވާމީ ފެންވަރުގައި އެކި ގައުމުތަކާ ވާދަކޮށްލަން މިކުދިންނަށް ލިބުމަކީ ކުރިކެޓު ތަރައްގީވުމަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއަކަށްވާނެކަމަށް ގަބޫލުކުރާކަމަށެވެ.
އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމް ފުރުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގެ ހަވީރެވެ. އެންމެ ފަހުން ބޭއްވި އޭސީސީ މެންސް 16 އަހަރުންދަށުގެ އީސްޓް ޒޯން ކަޕުގެ ޗެމްޕިއަންކަން މެލޭޝިއާ ބަލިކުރުމަށްފަހު ހޯދާފައިވަނީ ނޭޕާލުންނެވެ. މިމުބާރާތުގެ 2019 ވަނަ އަހަރުގެ ތަށި އުފުލާލާފައި ވަނީވެސް ނޭޕާލުގެ ޓީމުންނެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
