
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމު ބަލިކޮށް ބަންގްލަދޭޝް ލޯ މެޑެލް ހޯދައިފިއެވެ. ބަންގްލަދޭޝް މެޗު ކާމިޔާބުކުރީ 33 ޕޮއިންޓްގެ ތަފާތަކުންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ބަންގްލަދޭޝް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮލިފައިން ބުރުގައި މި ދެޓީމު ވާދަކުރި ދެވަނަ ކުރިމަތިލުމެވެ. މެޗުގެ ފުރަތަމަ ކުއާޓަރ ފަށައިގެން ރާއްޖޭއިން ވަރަށް ރަނގަޅަށް ކުޅުނު ވަގުތުކޮޅެއް ދިޔައިރު ރާއްޖެއިން ވަނީ ލީޑު ވެސް ނަގާފައެވެ. އެހެން ނަމަވެސް މާ ގިނަ ވަގުތަކު މި ލީޑް ރާއްޖެއަށް ދެމެހެއްޓޭ ގޮތެއް ނުވިއެވެ.
ބަންގްލަދޭޝް ދައްކަމުން ދިޔަ ވަރުގަދަ ކުޅުމުގެ ސަބަބުން ރާއްޖެއަށް ޕޮއިންޓް ހޯދަން އުނދަގޫވިއިރު މެޗުގެ ފުރަތަމަ ކުއާޓަރ ބަންގްލަދޭޝް ނިންމާލީ 20-11 އިން ކުރީގަ އޮވެއެވެ. މެޗުގެ ދެވަނަ ކުއާޓަރގައި ބަންގްލަދޭޝް ލީޑް ދެމެހެއްޓި އިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ވަނީ ފާހަގަކުރެވިފައެވެ. މުޅި މެޗުގަ ވެސް ބަންގްލަދޭޝް ވަނީ ދިފާއުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެހެން ކަމުން މުޅިމެޗުގައި ވެސް ރާއްޖޭގެ ކުޅުންތެރިންނަށް ޕޮއިންޓް ހޯދުމުގައި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. މި ކުއާޓަރގަ ބަންގްލަދޭޝް އިން ކުރި ހޯދީ 38-27 ޕޮއިންޓުންނެވެ.
ދެވަނަ ހާފަށް ނުކުތްއިރު ބަންގަލަދޭޝްގެ ޑިފެންސިވް ފޯމޭޝަނަށް ބަދަކުތަކެއް ގެނެސް އެޓޭކްތަށް ވަރުގަދަކުރިއެވެ. ނަތިޖާގެ ގޮތުން މި ކުއާޓަރގަ ބަންގްލަދޭޝް ވަނީ ލީޑު އިތުރަށް ފުޅާކޮއްފައެވެ. މި ކުއާޓަރ ބަންގްލަދޭޝް ކާމިޔާބުކުރީ 44-37 ޕޮއިންޓުންނެވެ. މެޗުގެ ފަހު ކުއާޓަރގަ ގާތްގާތުގައި ބަންގްލަދޭޝް ހޯދަން ފެށި ޕޮއިންޓުތަކާ އެކު މެޗު ކާމިޔާބުވާނެ ކަމުގެ އިތުބާރު ލިބުމުން އެޓީމުން ހަމަޖެހިތަން ފެނިގެންދިޔައެވެ. މި ކުއާޓަރ ބަންގަލަދޭޝް ލީޑުކޮށް މެޗު ކާމިޔާބުކުރީ 75-42 ޕޮއިންޓުންނެވެ.
މިމެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިޔަލް އަބްދުލް ނަޝީދު ވަނީ 4 ރީބައުންސް ނަގާ 2 އެސިސްޓްކޮށް 05 ޕޮއިންޓް ހޯދަދީފައެވެ. ބަންގަލަދޭޝް އެން،ެ ގިނަޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމްޑީ އަފްރީދީއެވެ. އޭނާ ވަނީ 11 ރީބައުންސްކޮށް 4 އެސިސްޓް ހަދާ 24 ޕޮއިންޓް ކާމިޔާބު ކޮށްދީފައެވެ. މުބަރާތުގައި ކޮލިފައިން ކުޅުނު ހުރިހާ މެޗަކުން ރާއްޖެއިން ރަނގަޅުކުޅުމެއް ދެއްކި އިރު އެއްވެސް މެޗަކުން މޮޅެއް ލިބިފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
