
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި އަލް އަހުލީ އާއި އިންޓަރ މަޔާމީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ. ފްލޮރިޑާގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރިން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އިތުރުން ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ އާއި އާޖެންޓީނާގެ އަލެހަންދްރޯ ޒަނޭޓީ އާއި ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ޕެޕޭގެ އިތުރުން އިޓަލީގެ ކުރީގެ ފޯވަޑް ރޮބާޓޯ ބާޖިއޯ ހިމެނެ އެވެ.
މުޅިން ތަފާތު ފޯމެޓަކަށް ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަން ޓީމުތައް ބައިވެރިކޮށްގެން ޖުމްލަ 32 ޓީމާއިއެކު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އިންޓަރ މަޔާމީ އާއި ދެކޮޅަށް މިސްރުގެ އަލް އަހުލީ އިން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި މެޗުގެ 14 ވަނަ މިނިޓުގައި އަލް އަހުލީގެ މިޑްފީލްޑަރ އިމާމް އަޝޫރުއަށް އަނިޔާވެގެން ބަދަލު ކުރުމުގެ ކުރިން އޭނާއަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިމެނޭ އިންޓަރ މަޔާމީ އިން މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އަލް އަހުލީ އިން ވަނީ އިންޓަރ މަޔާމީގެ ގޯލަށް އަމާޒުކޮށް ހަތް ހަމަލައެއް ފޮނުވާލާފަ އެވެ.
ގްރޫޕް އޭ ގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު މި ގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލްގެ ޕޯޓޯ އާއި ބްރެޒިލްގެ ޕަލްމޭރާސް އެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
