
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިޓަލީގެ އިންޓަރ މިލާނަށް ކުޅެމުންދާ އިރާނުގެ މިޑްފީލްޑަރ މަހުދީ ތަރޭމީ އިރާނުގައި މިވަގުތު ތާށިވެފައިވާތީ އޭނާއަށް ފީފާ ކްލަބް ވޯލްޑްކަޕްގައި ނުކުޅެވޭނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ. މިއަދު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި މަހުދީ ތަރޭމީ އަށް ނުކުޅެވޭނީ އިރާނާއި އިޒްރޭލާއި ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އޭނާއަށް އެ ގައުމުން ބޭރުވުމުގައި ދަތިތަކާއި ކުރިމަތިވެފައިވާތީ އެވެ. މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިރާނުގެ އެއްވެސް އެއަރޕޯޓަކުން ފްލައިޓުތައް ފުރުމާއި ޖެއްސުން ވަނީ ހުއްޓާލާފަ އެވެ. އެހެންކަމުން ތަރޭމީއަށް ވަނީ އެ ގައުމުން ބޭރުވުމުގައި މައްސަލަތަކެއް ކުރިމަތިވެފަ އެވެ.
ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހު އުތުރު ކޮރެއާ އާއި ދެކޮޅަށް އިރާން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އިރާން ކާމިޔާބުކުރިއިރު ތަރޭމީ ވަނީ އުތުރު ކޮރެއާ ކޮޅަށް ލަނޑެއް ޖަހާފަ އެވެ. އިންޓަރ މިލާނަށް ކުޅެމުންދާ ތަރޭމީ ވަނީ ނިމިގެންދިޔަ ސީޒަނުގައި ސެރިއާގައި ފުރަތަމަ ޓީމުގައި ހިމެނި އިންޓަރ މިލާނަށް ހަތް މެޗު ކުޅެ 19 މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު އިންޓަރ މިލާން ނިކުންނާނީ މެކްސިކޯގެ މޮންޓެރޭ އާއި ދެކޮޅަށެވެ. އަދި ގްރޫޕްގެ ދެވަނަ މެޗުގައި ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އާއި ދެކޮޅަށް ކުޅުމަށްފަހު ފަހު މެޗުގައި ނިކުންނާނީ އާޖެންޓީނާގެ ރިވަރ ޕްލޭޓް އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
