
މާލޭގައި މިހާރު ކުރިއަށްދާ ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ ލީގު ބުރުގައި ކުޅުނު ފަހު މެޗުން ބަންގްލަދޭޝް އަތުން ވާދަވެރި ކުޅުމަކަށްފަހު ދިވެހި ޓީމު ބަލިވެއްޖެއެވެ. މެޗުން ރާއްޖެ ބަލިވީ ނުވަ ޕޮއިންޓުގެ ތަފާތަކުންނެވެ.
މުބާރާތުގެ ފުރަތަމަ ދެމެޗުން ދެ ޓީމުވެސް ބަލިވިއިރު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. މެޗު ފަށައިގަން ދިވެހި ޓީމުން ރަނގަޅަށް ކުޅުނު އިރު ފުރުތަމަ ކޮޅުގަ ރާއްޖޭގެ ޓީމުން ވަނީ ލީޑުވެސް ނަގާފައެވެ. މިއީ މިޗުގައި ރާއްޖެއަށް ހަމަ އެކަނި ބަންގްލަދެޝްގެ މައްޗަށް ނެގުނު ލީޑެވެ. އެހެން މެޗުތަކާ ހިލާފަށް ފުރަތަމަ ކުޓާރގައި ދިވެހި ޓީމު ވަރުގަދަކޮށް ފެނުނުނަމަވެސް ކުއާޓާ ބަންގްލަދޭޝް ނިންމާލީ 20-14 އިން ކުރީގަ އޮވެގެންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށް ވެގެންދިޔައީ ނިންމާލުމުގެ މައްސަލައެވެ. ހާއްސަކޮށް މެޗުގެ ދެވަނަ ކުއާޓަރގައި އެކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ހަތަރު ޕޮއިންޓުގެ ފަރަގާއެކު ބަންގްލަދޭޝް ފުރަތަމަ ހާފް ނިންމާލީ 28-24 ކުރީގަ އޮވެގެންނެވެ.
މެޗުގެ ތިންވަނަ ކުއާޓަރގައި ރާއްޖޭގެ ކުޅުން ދައްކޮށް ފެނިގެންދިޔަނަމަވެސް ޑިފެންސްގައި ދިވެހި ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް ރާއްޖެއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އޮފެންސްގައި ލިބޭ ބޯޅަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރެވޭ ގޮތްނުވުމެވެ. މީގެ ފައިދާ ނަގާ މެޗުގެ ތިންވަނަ ކުއާޓަރ ބަންގްލަދޭޝް ނިންމާލީ ފުރަތަމަ ހާފްގައި ނެގި ލީޑަށް ތިން ޕޮއިންޓު އިތުރުކޮށްގެންނެވެ. އެއީ 40-47 ޕޮއިންޓުންނެވެ. ހަތަރުވަނަ ކުއާޓަރ އަކީ މެޗުގެ އެންމެ ފޯރިގަދަކޮށް ފެނިގެންދިޔަ ކުއާޓަރއެވެ. ދިވެހި ޓީމުން މި ކުއާޓާރ ފަށައިގެން ދެ ޕޮއިންޓަށް ފަރަގު ކުޑަކުރިނަމަވެސް ލިބުނު ގިނަ ފްރީތުރޯތައް ވައްޓާނުލެވި ނަތީޖާގެ ފަރަގު މަޑުމަޑުން ބަންގަލަދޭޝްއިން ބޮޑު ކުރިއެވެ.
ބަންގްލަދޭޝް މިމެޗު ކާމިިޔާބުކުރީ 64-55 ޕޮއިންޓުންނެވެ. މިމެޗުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޔޫސުފް ކައިލް މުހައްމަދު ވަނީ 10 ޕޮއިންޓް ހޯދައިދީފައެވެ. ބަންގަލަދޭޝް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކަރިމް ކަރިމްއެވެ. އޭނާ ވަނީ 24 ޕޮއިންޓް ހޯދާފައެވެ. މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި ދިވެހިރާއްޖެ ބައްދަލުކުރަން ޖެހޭނީވެސް ބަންގްލަދޭޝް އާއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
