
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި އިންޑިއާ އަތުން ބަލިވެ، ރާއްޖޭގެ އަންހެން ޓީމަށް ތިންވަނަ ހޮވާ މެޗުގައި ކުޅެން ޖެހިއްޖެއެވެ. އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު އިންޑިއާއިން ކާމިޔާބުކުރީ 136-21 ޕޮއިންޓުންނެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އިންޑިއާގެ އެވެ. އޭނާ ވަނީ ޕޮއިންޓް ސްކޯ ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ކުއާޓާ އިންޑިއާއިން ކާމިޔާބުކުރީ 36-2އިންނެވެ. ދެވަނަ ކުއާޓާގައި އިންޑިއާއިން 74 ޕޮއިންޓް ހަމަކުރި އިރު ރާއްޖެއަށް ލިބުނީ 7 ޕޮއިންޓެވެ. ތިން ވަނަ ކުއާޓާ އިންޑިއާއިން ނިންމާލީ 105 ޕޮއިންޓް ހަމަކޮށްގެންނެވެ. ރާއްޖެއަށް ލިބުނީ 13 ޕޮއިންޓެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާގައި އިންޑިއާއިން 136 ޕޮއިންޓް ހަމަކުރިއިރު ރާއްޖެއަށް ލިބުނީ 21 ޕޮއިންޓެވެ. މި މެޗުގައި އިންޑިއާއިން އެންމެ ރަނގަޅަށް ކުޅުނީ 20 ޕޮއިންޓް ހަމަ ކުރި ދިނަލް ހަރްދިކްބާއީ ވިއްތަނީއެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހަމަކުރި މަރިޔަމް މަލަކާ އިބްރާހިމްއެވެ. އިންޑިއާ އަތުން ބަލިވުމާއެކު ރާއްޖެ ދެން ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މާދަމާ މެންދުރު 12:00 ގައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރާނީ އިންޑިއާއާއި ސްރީލަންކާއެވެ. މި މެޗު އޮންނާނީ މާދަމާ ހަވީރު 17:30 ގައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
