
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ މަހު ފަށާ އެއްވަނަ އޭޝިއާ މެންސް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ވިނަ ދަނޑުތަކުގައި ފަރިތަކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ހުސެއިން އަޒުހަމް ބުނެފިއެވެ. މުބާރާތަށް ރާއްޖެއިން ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ބުނީ މާލެގައި އޮތް ހޭންޑްބޯޅަ ގްރައުންޑް މަރާމާތަށް ބަންދުކޮށްފައިވާއިރު ވިނަ ގުރައުންޑްތަކުގައި ފަރިތަކުރަން ޖެހުނަސް މުބާރާތަށް ދާނީ ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން ކަމަަށެވެ.
“ހުޅުމާލޭގެ ވިނަ ގްރައުންޑްތަކުގައި ޕްރެކްޓިސް ކުރަނީ މި ޗެލެންޖާއެކީގައިވެސް އަޅުގަނޑުމެން އެކްޒްކިއުޒެއް ނުދައްކާ ވެވުނު އެންމެ ރަނގަޅަކަށް ތައްޔާރުވެގެން މުބާރާތާ ކުރިމަތިލާނީ” ކޯޗު ބުންޏެވެ. މުބާރާތަށްވެފައިވާ ތައްޔާރީތަކާއި މެދު ހިތްހަމަޖެހޭ ކަމަށާއި ފަރިތަކުރުންތައް ފެށި އިރާއި ބަލާއިރު ޕާފޯމެންސަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށްވެސް ކޯޗު ބުންޏެވެ. “އަޅުގަނޑުމެންނަށް ލިބުނު ޕޫލު ވަރަށް ކުޑަ. މިކުރި މަސައްކަތާއި އެކީގަ ހަމަ ވަރަށް ބޮޑު ޕްރޮގްރެސްއެއް ލިބިއްޖެ” ކޯޗު ބުންޏެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރަން މި ތައްޔާރުވަނީ އޭޝިއާގެ އެންމެ ރަނގަޅު ޓީމުތަކާއި ކަމަށާއި އެންމެ ފުރަތަމަ ކުޅޭނީ ކޮރެއާއާއި ދެކޮޅަށްކަމަށް ކޯޗު ބުންޏެވެ. އެއަށްފަހު ރާއްޖެއިން ކުޅުމަށް ހަމަޖެހިފައިވަނީ އީރާނާއި ދެކޮޅަށެވެ.
ކޯޗު ބުނީ ކޮރެެއާ އަކީ މި ސަރަހައްދުގެ ވަރުގަދަ ބާރެއް ކަމަށާއި އިރާނަކީވެސް މި ސަރަހައްދުގެ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އެހެންކަމުން މި މުބާރާތުން ރާއްޖެއަށް ވަރަށް ރަނގަޅު ތަޖްރިބާއެއް ލިބޭނެ ކަމަށް ކޯޗު ބުންޏެވެ. އަދި އަމާޒަކީ މިއަންނަ އަހަރު އޮންނަ އައިއެޗްއެފް ޓްރޮފީ އަށްދާއިރު ރާއްޖޭގެ ޓީމަކީ ރަނގަޅު ތަޖްރިބާތަކާއެކު ބިނާ ކުރާ ޓީމަކަށް ހެދުން ކަމަށްވެސް ކޯޗު ބުންޏެވެ. 17 އަހަރުން ދަށުގެ ޓީމެއް އޭޝިއާ މެންސް އަންޑަރ 17 ހޭންޑްބޯލް ޗެމްޕިއަންޝިޕަށް ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހޭންޑް ބޯޅަ ކުރިއެރުވުމަށް މި އުމުރުފުރައަށް ބޮޑަށް ސަމާލުކަންދޭން ޖެހޭކަމަށް ކޯޗު ފާހަގަ ކުރިއެވެ. “ހޭންޑްބޯޅަ ކުރިއަރުވާ ކަމަށްވާނަމަ ޔޫތަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަން ޖެހޭ. މިއީ އަޅުގަނޑު ބަލަނީ ވަރަށް ރަނގަޅު ސްޓެޕެއް ކަމަށް” ކޯޗު ބުންޏެވެ.
މުބާރާތުގެ ކުރިން ކޭމްޕެއް ނެތް ކަމަށާއި އެހެންނަމަވެސް ލިބޭ ވަގުތުގެ ތެރޭގައި ރަނގަޅު ޓީމެއް ބިލްޑް ކުރެވޭތޯ ބަލަމުންދާ ކަމަށް ކޯޗު ބުންޏެވެ. ތަޖްރިބާ ހޯދުމުގެ ގޮތުން އިއްޔެ މި ޓީމުވަނީ ގާފަރުގައި މެޗެއް ކުޅެފައެވެ. އޭގެ ތެރޭގައި ޓީމު ބިލްޑިންގފަދަ ކަންކަމަށް ފޯކަސްކޮށްފައިވާކަމަށް ކޯޗު ބުންޏެވެ. އޭޝިއާ މެންސް 17 އަހަރުން ދަށުގެ ހޭންޑްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ގުރޫޕް ޑީގައެވެ. ޖުލައި 1-11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގުރޫފްގައި ދެން ހިމެނެނީ ކޮރެއާ، އީރާން އަދި އުޒްބަކިސްތާނެވެ.
އޭޝިއާގެ ޤައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުން އަންނަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވަމުންނެވެ. ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ކުވެއިތު، ބަހްރެއިން އަދި ހޮންގކޮންގއެވެ. ގްރޫޕް ބީގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޤަތަރު އަދި ޗައިނާއެވެ. ގްރޫޕް ސީގައި ހިމެނެނީ އުރުދުން، ޗައިނީސް ތައިޕޭ އަދި އިންޑިއާއެވެ. ކޯޗު ބުނީ މި މުބާރާތަށް ރާއްޖޭގެ ޓީމު ފަރިތަކުރަމުންދާތާ ދެ މަސް ދުވަސް ވެއްޖެކަމަށާއި ފެށިއިރާ ބަލާފަ މިޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
