
ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި 8 ގައުމަކުން ބައިވެރިވާން ނިންމާފައިވާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ އެންމެފަހުން ބޭއްވި އިންޓަނޭޝަނަލް ބައްދަލުވުމުގައި ނިންމާފައިވަނީ މި މުބާރާތުގައި އެފްރިކާގެ 4 ގައުމާއި އޭޝިއާގެ 4 ގައުމު ބައިވެރިވާ ގޮތަށް ކަމަށެވެ. މުޖޭ ވިދާޅުވީ މިފަހަރު ރާއްޖޭގައި ބާއްވާ މި މުބާރާތަށް ހުޅުވާލީ 8 ގައުމަކަށް ކަމަށާއި، އެހެންނަމަވެސް ވަރަށް ގިނަ ގައުމުތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދެމުންދާ ކަމަށެވެ.
މުޖޭ ވިދާޅުވީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ސްރީލަންކާއިން ފުރުސަތަށް އެދިފައިވާތީ މިހާރު މަޑުކުރަމުން މިދަނީ ސްރީލަންކާއިން ޖަވާބެއް ލިބެންދެން ކަމަށާއި، ލަންކާ ބައިވެރިނުވާނަމަ އެ ޖާގަދޭނީ ބަނގްލަދޭޝްއަށް ކަމަށެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި މުބާރާތުގައި އޭޝިއާ ސަރަހައްދުން ވާދަކުރާނީ އިންޑިއާ، ސްރީލަންކާ، ޕާކިސްތާން އަދި ދިވެހިރާއްޖެ ކަމަށް މުޖޭ ވިދާޅުވިއެވެ. އެފްރިކާ ސަރަހައްދުން މި މުބާރާތުގައި ވާދަކުރާނީ ސައުތު އެފްރިކާ، ނައިޖީރިއާ، މޮރިޝަސް ކަމަށާއި، އަދިވެސް އިތުރު ގައުމެއް ބައިވެރިވާނެ ކަމަށް މުޖޭ ފާހަގަކުރިއެވެ.
މި މުބާރާތަށް ކުޅުދުއްފުށި ސިޓީ ތައްޔާރުވަމުން އަންނައިރު މުޖޭ ވިދާޅުވީ ވަރަށް ފުރިހަމައަށް ފޯރިއާއެކު މި މުބާރާތް ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. “ހީވޭ ވަރަށް ރަނގަޅު މުބާރާތަކަށް ވެގެންދާނެހެން. މީ ވަރަށް ފޯރިގަދަ، ވަރަށް ފުރިހަމަ މުބާރާތަކަށް ވެގެންދާނެ” މުޖޭ ވިދާޅުވިއެވެ. ކޮމަންވެލްތް ބީޗް ހޭންޑް ބޯޅަ މުބާރާތަކީ މުޅިން އަލަށް ރާއްޖެއިން ހޯސްޓްކުރުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކޮމަންވެލްތް ގައުމުތަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު 18-22 އަށް ހދ. ކުޅުދުއްފުށީ ސިޓީގައެވެ.
މި މުބާރާތަށް އެސިޓީގައި ބައިނަލްއަގްވާމީ ފެންވަރުގެ ދެ ހޭންޑް ބޯޅަ ކޯޓު ތަރައްޤީކޮށްފައިވާއިރު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މުބާރާތަށް ކޯޓުތައް ތައްޔާރުކުރުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ކުރިޔަށް ގެންގޮސްފައެވެ. އަދި މި މުބާރާތަށް ކުޅުދުއްފުށީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ބައިނަލްއަގްވާމީ މިފަދަ މުބާރާތެއް ބޭއްވުމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ވަަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަދި މި މުބާރާތަށް ކުޅިވަރު ވުޒާރާއިން އަންނަނީ ހޭންޑްބޯލް މޯލްޑިވްސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
