
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕަކީ އެމެރިކާގެ ޓީމުތަކަށް ލިބިގެންދާނެ ރަގަޅު ފުރުސަތެއް ކަމަށް އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ. ރާއްޖެ ގަޑިން މިރޭ ފަތިހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާގެ އަލް އަހުލީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުނެފައިވަނީ މި މުބާރާތަކީ އެމެރިކާ ތަމްސީލު ކުރާ ހުރިހާ ކްލަބްތަކަށްވެސް ލިބިގެންދާނެ ރަގަޅު ފުރުސަތެއް ކަމަށެވެ.
“މިއީ އެމެރިކާގެ ކްލަބްތަކަށް ލިބިގެންދާނެ ރަގަޅު ފުރުސަތެއް. ޔޫރަޕްގެ ގަދަ ބާރުތަކާއި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއި ދެކޮޅަށް ކުޅުމަށް އެމެރިކާގެ ކްލަބްތަކަށް ލިބޭ ރަގަޅު ފުރުސަތެއް މިއީ.” މެސީ ބުންޏެވެ. “މި މުބާރާތަކީ ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު މުބާރާތެއް. ދުނިޔޭގެ އެންމެ މޮޅު ކްލަބް އެނގިގެންދާ މި މުބާރާތުގައި ތަފާތު އެކި ބައްރުތަކުގެ ބޮޑެތި ކްލަބްތައް ވާދަކުރާނެ. އަދި އެތަކެއް ސަޕޯޓަރުންނެއް ބަލަން ބޭނުންވާ ކުޅުންތެރިން މި މުބާރާތުން ފެނިގެންދާނެ.” މެސި އިތުރަށް ބުންޏެވެ.
ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާރާތަކީ ފީފާ އިން މުޅިން އަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ. ދުނިޔޭގެ އެކި ބައްރު ތަކުގެ ޗެމްޕިއަން ޓީމުތަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ މި މުބާރާތުގައި އެމެރިކާ ތަމްސީލު ކުރުމަށް އިންޓަރ މަޔާމީއަށް ފުރުސަތު ދިނުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ފީފާ އިން އެ ފުރުސަތު އިންޓަރ މަޔާމީއަށް ދީފައިވަނީ މެސީ އަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި އިންޓަރ މަޔާމީއަށް ފުރުސަތު ދީފައިވާއިރު ފީފާއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން މޭޖަރ ލީގުގެ ޗެމްޕިއަން އެލްއޭ ގެލެކްސީ އާއި ލޮސް އެންޖެލިސް އެފްސީގެ އިތުރުން ސިއޭޓަލް ސައުންޑަރސް އަށް މި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. މެސީ މިހެން ބުނެފައިވާއިރު އޭނާ އާއިއެކު އިންޓަރ މަޔާމީއަށް ކުޅެމުންދާ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފައިވަނީ މި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
