
ފީފާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް މެންޗެސްޓާ ސިޓީ ތައްޔާރުވެފައިވީ ނަމަވެސް، އޭނާ ހުރީ ވަޒަން ނާރާ ޖެކެޓެއް ލައިގެން ނޫން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ. އޭނާ މިހެން ބުނީ ސިޓީ އަށް ޒުވާން ކުޅުންތެރިން ގެނެސްފައިވުމާއި އެ ކުލަބުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން އަނިޔާއިން ރަނގަޅު ވެފައިވުމުން އެއީ ތަށި ހޯދާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ބުނަން ފެށުމުންނެވެ.
“އަހަރުމެންނަށް މިދިޔަ ސީޒަން ދިޔައީ ވަރަށް ގޯސްކޮށް. އަހަރުމެން ހިޔެއް ނުކުރަން އެ ހެން ވާނެ ކަމަށް. އެކަމަކު މިހާރު އަހަރުމެން މި މުބާރާތް ކާމިޔާބު ކޮށްފާނެ ކަމަށް ދެކޭ މީހުން ގިނަ. އެކަމަކު އަހަރެން މި ހުރީ ވަޒަން ނާރާ ޖެކެޓެއްގަ އެއް ނޫން. އަހަރުމެން ބަލިވެދާނެ،” ގާޑިއޯލާ ބުންޏެވެ. ސިޓީ އާއި ބާސެލޯނާގައި ކުލަބު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ބުނީ މުބާރާތުގެ ފޯމެޓް ބަދަލުކޮށް މި ފަހަރު ކުޅެން ފެށުމުން މިއީ ހާއްސަ މުބާރާތެއް ކަމަށެވެ.
“ކޮންމެ ބަޔަކު ވެސް ތަށި ހޯދަން ބޭނުންވާނެ. އަހަރުމެން ވެސް އެކަމުން ވަކި ތަފާތެއް ނުވާނެ. އަހަރުމެންނަށް މި ތަށި ލިބުނަސް ކާމިޔާބު ސީޒަނަކަށް ނުވާނެ. އަހަރުމެން އަންނަ ސީޒަން ފަށާނީ ކާމިޔާބު ކަމާއެކު ނިންމަން ވިސްނައިގެން،” ގަޑިއޯލާ ބުންޏެވެ. ސިޓީގެ ކުޅުންތެރިންގެ ތެރެއިން ގާޑިއޯލާގެ ކޯޗުކަމުގައި ގެނައި އެންމެ އަގު ބޮޑު ކުޅުންތެރިޔާ ޖެކް ގްރީލިޝް މި ފަހަރުގެ މުބާރާތުގެ ސްކޮޑުގައި ނުހިމަނަ އެވެ. އެސްޓަން ވިލާ އަށް 100 މިލިއަން ޔޫރޯ ދީފައި ގެނައި ކުޅުންތެރިޔާ ވިއްކާލަން ސިޓީން ވަނީ ނިންމާފަ އެވެ. އަދި އޭނާ ގަންނާނެ ބަޔަކު ނުވިޔަސް ލޯނު އުސޫލުން ދޫކޮށްލަން ވަނީ ނިންމާފަ އެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
