
(ފޮޓޯ ކްރެޑިޓްސް: އަދަދު)
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ. ލަންކާއިން މި މެޗު ކާމިޔާބުކުރީ 71-45 އިންނެވެ. ފުރަތަމަ ކުއާޓާ 15-13 އިން ކާމިޔާބުކޮށް ލަންކާއިން ވަނީ ރާއްޖެއަށް ޕްރެޝަރު ބޮޑުކޮށްފައެވެ. އަދި ދެވަނަ ކުއާޓާގައި ކުޅުން ވަރުގަދަކޮށް ލަންކާއިން ވަނީ 30 ޕޮއިންޓް ހަމަކޮށްފައެވެ. މި ކުއާޓާގައި ރާއްޖެއަަށް ލިބުނީ 16 ޕޮއިންޓެވެ. ތިން ވަނަ ކުއާޓާ ލަންކާއިން ނިންމާލީ 50 ޕޮއިންޓް ހަމަކޮށްގެންނެވެ. ރާއްޖެއަށް ލިބުނީ 34 ޕޮއިންޓެވެ.
މެޗުގެ ހަތަރުވަނަ ކުއާޓާގައި ލަންކާއިން 71 ޕޮއިންޓް ހަމަކުރިއިރު ރާއްޖެއަށް ލިބުނީ 45 ޕޮއިންޓެވެ. ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ޕޮއިންޓް ހަމަކުރި ބިނުތީ ޖަޔަސިންހަ އާއި 23 ޕޮއިންޓް ހަމަކުރި ތަހާރާ އަރުޒޫންއެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 14 ޕޮއިންޓް ހަމަކުރި މަރިޔަމް މަލާކް މުހައްމަދު ސިފާންއެވެ. އަދި 13 ޕޮއިންޓް ހަމަކުރި ކައިސަމް ކައިލީން ނިމާލްއެވެ.
ދެން ރާއްޖޭގެ އަންހެން ޓީމު ބައްދަލުކުރާނީ މާދަމާ ހަވީރު 17:30 ގައި އިންޑިއާއިއެވެ. އިންޑިއާ އަތުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އަދި މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ ދެން ރާއްޖެ ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
