
(ފޮޓޯ ކްރެޑިޓްސް: އަދަދު)
މިހާރު ކުރިއަށްދާ ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ދެވަނަ މެޗުން އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެއްޖެއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި އިންޑިޔާ ރާއްޖެ އަތުން މޮޅެއް ހޯދީ 151-20 ޕޮއިންޓުގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗު ފަށައިގެން އިންޑިޔާގެ ހުނަވެރި އިސްކޮޅުން ދިގު ކުޅުންތެރިންގެ ގާތުގައި މާ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު އިންޑިޔާ ޓީމުން ދިޔައީ ވަރުގަދައަށް އެޓޭކްތަކެއް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރގެ ފަހު ދެތިން މިނިޓުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދުނު އިރު މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު އިންޑިޔާ މި ކުއާޓަރ ނިންމާލީ 41-3 ޕޮއިންޓުން ކުރީގަ އޮވެގެންނެވެ.
މެޗުގެ ދެވަނަ ކުއާޓަރގަ ކުޅުމުގައި މާބޮޑު ބަދަލުތަކެއް ނުފެނު ކަމުގަވިޔަސް މި ކުއާޓަރގައި ދިވެހި ޓީމުން ވަނީ ކުޅުން ރަނގަޅު ކުރަން މަސައްކަތްކޮށްފައެވެ. ދިވެހި ޓީމަށް ހެދުނު ގިނަ ގޯސްތަކެއްގެ ފައިދާ ނަގާ އިންޑިޔާއިން މި ކުއާޓަރ ނިންމާލީ 79–12 އިން ލީޑުގަ އޮވެގެންނެވެ. މި ކުއާޓަރގައި ރާއްޖޭގެ ޓީމުން ގިނަ ގޯސްތަކެއް ހެދި އިރު ރާއްޖޭގެ ޓީމުގެ ސާބިޔާ ކޯޗު ވަލަޑްމިއަރ ތްރިޗް ވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ. މެޗުގެ ފަހު ދެކުއާޓަރގެ ތެރެއިން ތިންވަނަ ކުއާޓަރގައި އިންޑިޔާއިން 100 ޕޮއިންޓް ހަމަކުރިއިރު އެޓީމުން މި ކުއާޓަރ ނިންމާލީ 122-14 ޕޮއިންޓުން ކުރީގެ އޮވެގެންނެވެ.
ފަހު ކުއާޓަރގައި ލިބިފަ އޮތް ބޮޑު ލީޑާއެކު އިންޑިޔާ ހަމަޖެހިލިތަން ފެނުނު އިރު މި ކުއާޓަރގައި ވެސް ލީޑުނަގައި އެޓީމުން މެޗު ކާމިޔާބުކުރިއެވެ. މިމެޗުގައި ރާއްޖެގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 3 ޕޮއިންޓް ހޯދައިދިން ލޫކް މުހައްމަދު އަރީޝްއެވެ. އިންޑިޔާއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތޯހިދް ޝައިކް އެވެ. އޭނާ ވަނީ 30 ޕޮއިންޓް ހޯދައިދީފައެވެ. މުބާރާތުގައި މާދަމާރޭ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބަނގްލަދޭޝްއާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
