
މި މަހުގެ 16-21 އަށް އުރުދުންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިލީ ޖީން ކިންގް ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޖޫނިއަރ ޓެނިސް ޓީމު ފުރައިފިއެވެ. މި މުބާރާތަށް ފުރި ރާއްޖޭގައި ސްކޮޑުގައި ހިމެނެނީ އާރާ އާސަލް އާޒިމް، ނަބާ ނިޝާން، ނަޔާރާ އުސާމާ އަލީ އަދި އާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭގެ އުއްމީދީ ގައުމީ ޖޫނިއާ ޓެނިސް ޓީމުން މިމުބާރާތަށް ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު އުރުދުނަށް ފުރާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. މި ޓީމަށް އިރުޝާދުދެމުން އަންނަނީ އީރާނުގެ ތަޖުރިބާކާރު ކޯޗު އަލީ ރިޒާއެވެ. ޓީމުގެ ފަރިތަކުރުންތައް ދާގޮތާ ގުޅޭގޮތުން މުބާރާތަށް ފުރުމުގެ ކުރިން “ޕީއެސްއެމް ނިއުސް” އާ ވާހަކަދައްކަމުން ކޯޗު ބުނީ މި މުބާރާތުގައި ފާއިތުވެދިޔަ އަހަރުވެސް ރާއްޖެއިން ވާދަކޮށްފައިވާ ކަމަށެވެ. އެފަހަރުގެ މުބާރާތުގައި 16 ގައުމަކާ ވާދަކޮށް ރާއްޖެއިން ވަނީ މުބާރާތުގެ ހަވަނަ ހާސިލުކޮށްފައި ކަމަށެވެ. އަދި މިއަހަރުގެ ސްކޮޑުގައި ހިމެނޭ ހަތަރުކުދިންގެ ފަރާތުންވެސް ފެންނަނީ ވަރުގަދަ ޖޯޝެއްގައި ހިތްވަރުކުރަމުންދާތަން ކަމަށްވެސް ވަނީ ބުނެފައެވެ.
“އެކުދިންގެ ފަރާތުން ފެންނަނީ ވަރަށް ފޯރިއާއި ޖޯޝުގަ ހިތްވަރުކުރާތަން. އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން. މިކުދިންނަށް ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނާއި ޓެނިސްކުޅުންތެރިންގެ ފަރާތުން ރަނގަޅު ސަޕޯޓެއް ލިބޭނެކަމަށް އުންމީދުކުރަނީ” ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުގެ ހެޑް ކޯޗު ބުންޏެވެ. ބިލީ ޖީން ކިންގް ކަޕަށް ދާ ރާއްޖޭގެ ޓީމުގެ ސްކޮޑުގައި ހިމެނޭ ނަބާ ނިޝާން ބުނީ އަބަދުވެސް މަސައްކަތްކުރަނީ ދެވޭނެ އެންމެ މައްޗަކަށް ދިއުމަށް ކަމަށެވެ. އެކަމަކު މިފަހަރުގެ އަމާޒަކީ ދެވަނަ ބުރަށް ކޮލިފައިވުންކަމަށް ނަބާ ބުންޏެވެ. އެއަމާޒަށް ވާސިލްވުމަށް މުޅޮ ޓީމުން ވަރަށް ބުރަކޮށް މަސައްކަތްކުރާނެކަމަށް ނަބާ ވަނީ ބުނެފައެވެ.
“އަބަދުވެސް ޓާގެޓަކީ އެންމެ މައްޗަކަށް ދިއުން. އެކަމަކު މިފަހަރުގެ އެންމެ ބޮޑު އަމާޒަކީ ދެވަނަ ބުރަށް ކޮލިފައިވުން. އެއީ ރާއްޖޭގެ ތާރީޚުގަ އަދި ދެވުނު ހިސާބެއް ނޫން. ޓީމުގެ ހުރިހާ ކުދިން ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރަން. ވަރަށް މަސައްކަތްކުރާނަން ދެވަނަ ބުރަށް ދެވޭތޯ” މިމުބާރާތުގަ މުޅިން އަލަށް ވާދަކުރަން ތައްޔާރުވަމުންދާ ނަބާ ބުންޏެވެ. ނަބާ ފަދައިން ނަޔާރާ އުސާމާ އަލީވެސް ބުނީ ދެވަނަ ބުރަށް ކޮލިފައިވުމަކީ އަމާޒުކަމަށެވެ. ފާއިތުވެ ދިޔަ އަހަރުވެސް މިމުބާރާތުގައި ވާދަކޮށްފައިވާނެކަމަށާ އެމުބާރާތަކީ މިއަހަރުގެ މުބާރާތަށް ލިބުނު ވަރަށް މުހިންމު ތަޖުރިބާއެއްކަމަށް ނަޔާރާވަނީ ބުނެފައެވެ. “މިދިޔަ އަހަރުވެސް ވަރަށް ރަނގަޅަށް ކުޅުނިން. މިއަހަރު އެތައް ކަމެއް ރަނގަޅުވެސް ކުރެވިއްޖެ. އެއީ މިމުބާރާތަށް ލިބުނު ވަރަށް ބޮޑު އެހީއެއް. ކޮންމެ މުބާރާތަކީވެސް އައު ތަޖުރިބާއެއް. ކިތަންމެ ކަމެއް ދަސްވޭ. ޓީމު އިތުރަށް ތަރައްގީވެގެންދޭ. އެހެންވީމަ މިއަހަރުގެ މުބާރާތުގަ މާ ރަނގަޅަށް ކުޅެވޭނެކަމަށް ގަބޫލުކުރަން” ނަޔާރާ ބުންޏެވެ.
ނަޔާރާއާ އެކު އާރާ އާސަލްވެސް ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކޮށްފައެވެ. އެމުބާރާތުން 6ވަނަ ލިބުނުކަން ފާހަގަކޮށް އާރާބުނީ އެމުބާރާތުން ރަނގަޅު ކުރަންޖެހުނުކަން ކަމަށް މިއަހަރު އިސްކަންދިންކަމަށެވެ. އެހެންކަމުން މިއަހަރުގެ މުބާރާތާ ކުރިމަތިލާނީ އެދިމާތަކުން ވަރަށް ބޮޑަށް ކުރިއެރުންތަކެއް ގެނެސްގެންކަމަށް އޭނާ ބުންޏެވެ. “ކުރީ ފަހަރުގަ އާރާމެން ކުޅުންއިރުގަ، އާރާ މެންނަށް ލިބުނީ ހަވަނަ. އެމުބާރާތުން ވަރަށް ގިނަ ކަންކަން ދަސްވި. ޑަބްލްސް އިތުރަށް ރަނގަޅުކުރަންޖެހޭކަން ފާހަގަވި. އެހެންވެ ޑަބަލްސްއަށް ވަރަށް ބޮޑަށް އިސްކަންދީގެން މިފަހަރު މިތައްޔާރުވީ. ސިންގަލްސް މެޗުތަކަށްވެސް ސްޓްރެޓެޖީސްތަކެއް ހަދައިފިން” އާރާ ފާހަގަކުރިއެވެ.
ބިލީ ޖީން ކިންގު ކަޕަށްދާ އެންމެ ހަގު ކުޅުންތެރިޔާކަމަށްވާ އުމުރުން 14 އަހަރުގެ ކަރިންބުނީ ދެވަނަ ބުރަށް ކޮލިފައިވެ މުބާރާތުން ރަނގަޅުވަނައެއް ލިބުމަށް އުއްމީދުކުރާ ކަމަށެވެ. “ޓާގެޓަކީ ދެވަނަ ބުރަށް ކޮލިފައިވެ، އެއްވަނަ ލިބުން، ޕްރެކްޓިސްތައް ކޮންމެ ދުވަހަކުވެސް ވަރަށް ބުރަކޮށް ކުރިއަށް ދިޔަ. ހަމަ ވަރަށް ރަނގަޅު ޕްރެކްޓިސްތައް ދިޔަލެއް” އަލަށް ގައުމީ ޓީމާ ގުޅުނު ކަރިން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
