
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ދެފުށްފެންނަ ގޮތަކަށް ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ނަމޫނާ ދައްކަމުންދާ ކަމަށް އެމްއޯސީގެ ރައީސް މުހައްމަދު އަބުދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ. އެމްއޯސީގެ އައު އެކްސްކޯ އިންތިހާބުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ އެމްއޯސީން ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި މަޝްވަރާކުރައްވައިގެން ހުރިހާ އެސޯސިއޭޝަންތައް ބަރާބަރަށް އޮޑިޓްކުރުން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށެވެ.
އަދި އޮޑިޓްކުރުމަކީ ބަރާބަރަށް ކުރެވޭނެ ކަމެއްކަން އެމްއޯސީން ގެންދަނީ ދައްކަމުން ކަމަށާއި، ޖެނުއަރީގައި އެއިދާރާގެ އޮޑިޓް ނިންމާފައިވާކަމަށް ސައްތާރު ފާހަގަކުރެއްވިއެވެ. އެކަމުގައި އެސޯސިއޭޝަންތަކަށް އެމްއޯސީން އެއްބާރުލުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެން މިތިބީ އެކަން ކުރިޔަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން. މިދަނީ އޮލިމްޕިކް ކޮމިޓީން ދައްކުވައިދެމުން މީ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްކަން. މިސާލަކަށް އަޅުގަނޑުމެންގެ އޮޑިޓް ނިންމައިފިން ޖެނުއަރީގައި. މީތި މިދައްކަނީ އަދި ވަރަށް ދެފުށް ފެންނަ ގޮތަކަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ” ސައްތާރު ވިދާޅުވިއެވެ.
އޮލިމްޕިކް ކޮމިޓީން އަމަލުކުރާގޮތް ފެނުމުން އެސޯސިއޭޝަންތަކުން އެކަންކަން ބަލާ އެކޮމިޓީ އާއި އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ. އަދި އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މިދިޔަ އަހަރާއި މިއަހަރުވެސް މެނޭޖްމެންޓާއި ބެހޭ ކޯސްތަކެއް ހިންގުނު ކަމަށް ސައްތާރު ވިދާޅުވިއެވެ. އޮލިމްޕިކް ކޮމިޓީއަކީ ހިނގުން ހަރުދަނާކޮށް ވަރަށް ދެ ފުށްފެންނަ ގޮތަކަށް މަސައްކަތް ކުރާތަނެއް ކަމަށާއި، އެމްއޯސީގެ ހުރިހާ ނިންމުންތަކާއި ކުރާ ހަރަދުތައް ކޮންމެ މަހަކުވެސް ފެންނަން ހުންނާނެ ކަމަށް ސައްތާރު ވިދާޅުވިއެވެ.
“ކޮންމެ މަހަކު އެބަ ބާއްވަން ބައްދަލުވުމެއް. ކުރާ ހަރަދެއްވިއްޔާ އެކްސްކޯއަށް ފެނިގެންދާނެ ކޮންމެ މަހަކު އެއްފަހަރު. މީ އޮލިމްޕިކް ކޮމިޓީ ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ ކަމެއް. މިއެއްޗެހި ފެނުނީނަ ހީވަނީ އެސޯސިއޭޝަންތަކުންވެސް މިކަންކަން ފޮލޯ ކުރާނެހެން” ސައްތާރު ވިދާޅުވިއެވެ. އޮލިމްޕިކް ކޮމިޓީގެ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓްގެ ކަންތައްތައް ވަރަށް ބޮޑަށް ކުރިޔަށް ގެންދަވާ ކަމަށާއި، އެކްސްކޯގައި ތިއްބަވާ ބޭފުޅުންނަށްވެސް އެކަންކަން ފެނި އެއާއެއްގޮތަށް އެސޯސިއޭޝަންތައް ހިންގުމުގައި އަމަލުކުރާނެހެން ހީވާ ކަމަށް ސައްތާރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
