
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޭޝިއަން ކުރިކެޓް ކައުންސިލް (އޭސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 16 އަހަރުންދަށުގެ އޭސީސީ ޗެލެންޖު ކަޕުގައި ރާއްޖެއިން ވާދަކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. މިމުބާރާތުގައި ވާދަކުރުމަށްދާ ރާއްޖޭގެ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމުން ފަރިތަކުރުންތައް ފަށާފއިވާއިރު މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީމުގެ މެނޭޖަރ އަލީ ޠާލިބް (ތޯބެ) ބުނީ މިއީ އޭސީސީން އިންތިޒާމުކޮށްގެން މެލޭޝިއާގައި ކުރިއަށްދާ މުބާރާތެއްކަމަށާ، މިމުބާރާތުގައި ރާއްޖެ ހިމެނޭހެން އިތުރު ނުވަ ޓީމަކުން ވާދަކުރާކަމަަށެވެ. އަދި މުބާރާތުގައި ވާދަކުރާނެ ގައުމުތަކަކީ އަލަށް ކުރިކެޓުގެ ތެރެއަށް ތައާރަފްވަމުން އަންނަ ޖޫނިއަރ ލެވެލްގެ ގައުމުތައްކަމަށްވެސް ޠާލިބް ބުންޏެވެ.
“މިމުބާރާތަކީ އޭސީސީން އިންތިޒާމުކޮށްގެން މެލޭޝިއާގައި ކުރިއަށްދާ މުބާރާތެއް. މިމުބާރާތުގައި ބައިވެރިވާނީ 10 ޓީމު. މި ދިހަ ޓީމު ތެރޭގަ މިހިމެނެނީ ނޮން ޓެސްޓް ޕްލޭއިންގ ނޭޝަންސް، އޭގެ މާނައަކީ އަލަށް ކުރިކެޓު ތެރެއަށް ތައާރަފްވަމުން އަންނަ ޖޫނިއަރ ލެވެލްގެ ގައުމުތައް މީގަ މިހިމެނެނީ” ޠާލިބް ބުންޏެވެ. 16 އަހަރުންދަށުގެ އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރުމަށް 16 އަހަރުންދަށުގެ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުން ވަނީ ވަރަށް ދުރާލާ ފަރިތަކުރުންތައް ފަށާފައެވެ. މިގޮތުން މީގެ ހައެއްކަ މަސްކުރިން ފަރިތަކުރުންތައް ފަށާފަވާކަމަށާ، ކޯޓު ލިބޭ ވަރަކުން ޕްރެކްޓިސްތައް ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް ބާއްވަމުން އަންނަކަމަށް ޓީމުގެ ކޯޗު ފާއިޒް ސަމަދުވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫތުދީފައެވެ.
“ޕްރެކްޓިސްތައް ވަރަށް ރަނގަޅު. ދެން ހަމަ ދަނޑު ލިބޭ ވަރަކުން ހަމަ އެބަކުރޭ. އިންޑޯގަ ގިނައިން އަހަރުން ޕްރެކްޓިސްކުރަނީ” ފާއިޒް ބުންޏެވެ. މިމުބާރާތަށްދާ ރާއްޖޭގެ ޓީމަކީ ވަރަށް ހަގު ކުދިންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެއްކަމަށްވެސް ފާއިޒްވަނީ ފާހަގަކޮށްފައެވެ. މިގޮތުން ޓީމުގެ ގިނަ ކުދިންނަކީ ފަނަރަ އަހަރުންދަށުގެ ކުދިން ކަމަށާ، މިއީ ކުރިކެޓަށް ވަރަށް އައު ކުދިންތަކެއްކަމަށްވެސް ފާއިޒް ބުންޏެވެ. މިހެން މިކަން ދިމާވަނީ ކުރިކެޓަށް ވަންނަ ކުދިންގެ އަދަދު މަދުވުމުންކަމަށް ފާއިޒް ބުންޏެވެ. އެހެންނަމަވެސް ކުރިކެޓު ކުރިއަރާނީ މިކުޅުންތެރިންނަށް ފުރުސަތުތަކެއް ފަހިކޮށްދެވިގެންކަމަށާ، ބައިނަލް އަޤްވާމީ ފެންވަރުގައި އެކި ގައުމުތަކާ ވާދަކޮށްލަން ލިބުމަކީ ކުރިކެޓު ތަރައްގީވުމަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއަކަށްވާނެކަމަށް ފާއިޒް ވަނީ ބުނެފައެވެ.
“ވަރަށް އައު ކުދިންތަކެއް ތިބީ. ގާތްގަނޑަކަށް އެވްރެޖް އޭޖަކީ އަންޑަރ ފިފްޓީންއޭ ބުންޏަސް ރަނގަޅުވާނެ. އަންޑަރ ސިކްސްޓީންއެއް ނޫން، އަންޑަރ ފިފްޓީން. ދެން އެހެން ގައުމުތަކާބަލާފަ ދެން އެމީހުންނަށް އެވާގޮތަކީ ސިލެކްޝަންއަށް މާގިނަ ކުދިން އަންނާނެ. ރާއްޖޭގަ ވަރަށް މަދު. އޭގެ ތަފާތެއްވެސް ފެންނާނެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް ހަމަ ކުޅުނިއްޔާ ކަންނޭނގެ ގައުމަށް ކުރިއަށް ދެވޭނީ މިކަހަލަ މުބާރާތްތަކުގައި ބައިވެރިވެގެން” ގައުމީ ކުރިކެޓު ޓީމަށް އިރުޝާދުދެމުންދާ ކޯޗު ބުންޏެވެ.
އޭސީސީ މެންސް އަންޑަރ 16 އީސްޓް ޒޯން ކަޕު ކުރިއަށްދާނީ މިމަހުގެ 20އިން އަންނަ ޖުލައިމަހުގެ 6އަށް މެލޭޝިއާގެ ސެލަންގޯރ ޓާރފު ކުލަބުގައެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވާ ގައުމުތަކަކީ ބޫޓާން، އިންޑޮނޭޝިއާ، ހޮންގކޮންގ، ޖަޕާން، މެލޭޝިއާ، މިޔަންމާ، ނޭޕާލް ސިންގަޕޫރު އަދި ތައިލެންޑެވެ. އެންމެ ފަހުން ބޭއްވި އޭސީސީ މެންސް އަންޑަރ 16 އީސްޓް ޒޯން ކަޕުގެ ޗެމްޕިއަންކަން މެލޭޝިއާ ބަލިކުރުމަށްފަހު ހޯދާފައިވަނީ ނޭޕާލުންނެވެ. މިމުބާރާތުގެ 2019 ވަނަ އަހަރުގެ ތަށި އުފުލާލާފައިވަނީވެސް ނޭޕާލުގެ ޓީމުންނެވެ. މިމުބާރާތަށް ރާއްޖޭގެ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
