
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބެލީ ސްކޯއަށް ނޫން ކަމަށާއި ބޮޑަށް މަސައްކަތްކުރީ މުބާރާތުގެ ދެން ހުރި މެޗުތަކަށް ކަމަށް އަންހެން ޓީމުގެ ހެޑް ކޯޗު ގުރެއިޝް އަފްރާހް ބުނެފިއެވެ. ރާއްޖޭގެ ޒުވާން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ވަނީ އިއްޔެގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ބަނގްލަދޭޝް އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. ރާއްޖޭން މިމެޗު ކާމިޔާބު ކުރީ 104 ޕޮއިންޓް 15 ޕޮއިންޓުންނެވެ. އިއްޔެގެ މެޗުގައި ހުރިހާ ކުޅުންތެރިން ބޭނުން ކުރީ މިއީ ބައެއް ކުޅުންތެރިންނަށް އައު ތަޖުރިބާއަކަށް ވާތީ ކޯޓަށް ހޭނި ކުރިޔަށް ހުރި މެޗުތަކަށް ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލުމަށް ކަމަށް މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކޯޗު ފާހަގަ ކުރިއެވެ.
މިއަދުގެ މެޗަށް ޓީމު ތައްޔާރުވާއިރު އެހެން ގައުމުތަކުގެ ކުޅުންތެރިންގެ ސްޓައިލް އިއްޔެގެ މެޗުތަކުން ކޮންމެވެސް ވަރަކަށް ފެނިފައިވާއިރު ކޯޗު ބުނީ އަދިވެސް އެހެންޓީމުތަކުގެ ކުޅުން ބަލައިގެން ރާއްޖޭގެ ޓީމު ކުރިޔަށް ހުރި މެޗުތަކަށް ތައްޔާރުވާނީ ހަމަ އިއްޔެގެ އެނާޖީގައި އެހެން މެޗުތައްވެސް ނިންމާލެވޭތޯ ކަމަށެވެ. “މިއަދު މި ނިންމާލި އެނާޖީގައި ޕާފޯމްކުރެވޭނެ ކަމަށް އުންމީދުކުރަނީ. ބޭނުން ނުކުރެވޭނެ ކުޅުންތެރިއެއް ނެތް މި ޓީމަކު” ގުރެއިޝް ބުންޏެވެ. ރާއްޖޭގެ ޒުވާން އަންހެން ޓީމުގެ ކެޕްޓަން ސާރާ ޒާޝާ ސަކަރިއްޔާ ބުނީ އުންމީދަކީ ރަން މެޑަލް ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ޖޯޝާ ހިތްވަރުގައި ކަމަށެވެ.
“މިއަދުވެސް ރެޑީވެގެން ތިބީ މޮޅުވާން. ފުރަމަ ކުއާޓާގެ ނަތީޖާ އައި ގޮތުން ދެން ގޭމަށް ޔޫސްޑް ވެއްޖެ. އެހިސާބުން ފެށިގެން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މޮޓީވޭޓް ވެއްޖެ. ގޯލްޑް އެއީ ޓާގެޓް، ގޯލްޑް ނޫނީ ސިލްވަރ” ސާރާ ބުންޏެވެ. ސާރާ ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ޓީމު ވޯކްވެސް ވަރަށް ރަނގަޅު ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.
މިއަދު ރާއްޖޭގެ އަންހެން ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މިރޭ 20:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
