
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ. މި މެޗުގައި ރާއްޖެއިން ނިކުތީ މިސަރަހައްދުގެ ވަރުގަދަ ޓީމެއް ކަމަށްވާ ސްރީލަންކާ އާއި ދެކޮޅަށެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މިމެޗުގައި ލަންކާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 116-28 އިންނެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މެޗުގެ ފުރަތަމަ ކުއާޓާގައި ލަންކާއިން 33 ޕޮއިންޓް ހޯދި އިރު ރާއްޖެއަށް ހޯދުނީ 8 ޕޮއިންޓެވެ. ދެވަނަ ކުއާޓާ ނިމުނީވެސް ހަމަ މި ނަތީޖާއިންނެވެ. ތިންވަނަ ކުއާޓާގައި ލަންކާއިން 31 ޕޮއިންޓް ހަމަކުރިއިރު ރާއްޖެއަށް ލިބުނީ އެންމެ 2 ޕޮއިންޓެވެ. އެހެންނަމަވެސް ފަހު ކުއާޓާގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް 10 ޕޮއިންޓް ހަމަކޮށްފައެވެ. ލަންކާއިން ވަނީ މި ކުއާޓާގައި 19 ޕޮއިންޓް ހޯދާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މުބާރާތުގައި ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު އިންޑިއާ އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 17:30 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރޭގެ މެޗު ބެއްލެވުމަށް ކުޅިވަރު އާއިލާގެ އިސްބޭފުޅުން ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވިއެވެ. އޭގެތެރޭގައި ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއު އާއި ސްޕޯޓް ކޮމިޝަނަރ މުހައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބައެއް އިސްވެރިންނާއި އެކި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން އަދި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ވެރިންވެސް މި މެޗު ބައްލަވާލެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
