
ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތަކުގެ ޓިކެޓް ނުވިގެން ވަރަށް ކުޑަ އަގެއްގައި ސްކޫލް ކުދިން ދަނޑަށް ވައްދައިގެން ދަނޑު ފުރާލަން ފީފާއިން ނިންމައިފި އެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މި ގޮތަށް ނިންމީ ދުނިޔޭގެ އެންމެ ގަދަ 32 ޓީމު ބައިވެރިކޮށްގެން ފުރަތަމަ ފަހަރަށް ކުޅޭ މުބާރާތުގެ މެޗުތަކުގެ ގިނަ އަދަދެއްގެ ޓިކެޓް ނުވިކި ހުރުމުންނެވެ. އެމެރިކާގައި މާދަމާ ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީގެ އިންޓަ މިއާމީ އާއި މިސުރުގެ އަލް އަހުލީ އެވެ. މި މެޗު ކުޅުމަށް ހަމަޖައްސާފައިވަނީ އެމެރިކާގެ ހާޑްރޮކް ސްޓޭޑިއަމުގަ އެވެ. މި ދަނޑަށް ކުޅިބަލަން 65326 މީހުންނަށް ވަދެވެ އެވެ. ނަމަވެސް މިހާތަނަށް ވިކިފައިވަނީ 20000ވުރެ މަދު އަދަދެއްގެ ޓިކެޓް ކަމަށް އެމެރިކާގެ މީޑިއާ ތަކުން ބުނެ އެވެ.
މިހެންވެ ފީފާއިން މިހާރު ނިންމާފައިވަނީ މެސީ ކުޅޭ މެޗު ބަލަން ޔުނިވަރސިޓީ އާއި ސްކޫލްތަކުގެ ކުދިން ދަނޑަށް ވެއްދުމަށެވެ. މި ގޮތުން އެ ކުދިންނަށް ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ 4 ޑޮލަރަށެވެ. އަދި ގަންނަ ކޮންމެ ޓިކެޓަކާއެކު ތިނެއް ނުވަތަ ހަތަރު ޓިކެޓް ހިލޭ ދިނުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. “އެއްވެސް ކަމަކާ ހާސް ވާނެ ކަމެއް ނެތް. އަހަރުމެން ދަނޑު ފުރާލާނަން. މުބާރާތުގެ މެޗުތައް ހުސްކޮށް އޮވެ ކުޅޭކަށް ނުޖެހޭނެ. އަހަރުމެން މިދަނީ އެ ކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން،” ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުންޏެވެ.
މި ފަހަރުގެ ކުލަބު ވޯލްޑްކަޕް އެމެރިކާގައި ކުޅޭއިރު މަޝްހޫރު ބައެއް ޓީމުތަކާއި ކުޅުންތެރިން ނެތުމަކީ ވެސް އެމެރިކާގެ ސަޕޯޓަރުންގެ މެދުގައި މުބާރާތާމެދު ޝައުގުވެރިކަން ކުޑަވެފައިވާ ކަމުގެ ސަބަބެކެވެ. ހާއްސަކޮށް ބާސެލޯނާ އާއި ލިވަޕޫލް އަދި ސައޫދީ ލީގުގެ އައް ނަސްރަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ އެމެރިކާގެ ސަޕޯޓަރުންގެ މެދުގައި މަޝްހޫރު ޓީމުތައް ނެތުމަކީ ބޮޑު ސަބަބެކެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
