
(ފޮޓޯ ކްރެޑިޓްސް: މެންޗެސްޓަރ ޔުނައިޓަޑް)
ވޮލްވްސް އަށް ކުޅެމުންދިޔަ ބްރެޒިލްގެ ފޯވަޑް މެތިއުސް ކޫނިއާ އެންމެ ފަހުން ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޫނިއާ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައިވަނީ 62.5 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީ އަކަށެވެ. އަދި މި އެއްބަސްވުމުގައި ވާ ގޮތުން އެއް އަހަރު އިތުރު ކުރުމުގެ މާއްދާއެއް ވަނީ ހިމަނާފަ އެވެ. ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން 2023 ވަނަ އަހަރު ވޮލްވްސް އާއި ގުޅުނު ކޫނިއާ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި އެ ޓީމަށް މުހިންނު ލަނޑުތަކެއް ޖަހައިދީފަ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އެ ކްލަބަށް ކުޅުނު 76 މެޗުގައި އޭނާ ވަނީ 31 ލަނޑު ޖަހާފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށްފަހު ކޫނިޔާ ބުނެފައިވަނީ މިއީ އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ވަގުތު ކަމަށެވެ. “މިއީ އަހަރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވި ދުވަހެއް. މިވަގުތު އަހަރެންނަށް ކުރެވޭ އިހުސާސްތައް ބުނެދޭން އުނދަގޫ.” ކޫނިޔާ ބުންޏެވެ. “އަހަރެން ކުޑައިރު ބްރެޒިލްގައި ހުރެ ޓީވީ އިން ޕްރިމިއާ ލީގު ބަލާއިރުވެސް އަހަރެންނަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެއް. އަދި މި ކްލަބުގެ ޖާޒީ ލައިގެން ކުޅުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް.” ކޫނިއާ އިތުރަށް ބުންޏެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް ބުނެފައިވަނީ ކޫނިއާ އެ ކްލަބަށް ގެނައުމަކީ އެމީހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދިޔަ މަސައްކަތެއް ކަމަށެވެ. ނިމިގެންދިޔަ ސީޒަނުގައި އެދެވޭ ނަތީޖާއެއް ހޯދިފައިނުވާއިރު ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތުވެސް ޔުނައިޓެޑަށް ވަނީ ގެއްލިފަ އެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
