
(ފޮޓޯ ކްރެޑިޓްސް: ރިއަލް މެޑްރިޑް)
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ކްލަބުން ފީފާ ކްލަބް ވޯލްޑް ކަޕަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ. މުޅިން ތަފާތު ފޯމެޓަކަށް ބަދަލުކޮށް ފީފާ އިން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑްކަޕް މި އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކްލަބްތަކުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފަ އެވެ. މިދިޔަ މެއި މަހުގެ ފަހުކޮޅު ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ހަވާލުވި އަލޮންސޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް އިން މި މުބާރާތަށް ތައްޔާރުވާން ފަށާފައިވާއިރު މި މުބާރާތަށް ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ވަނީ އައު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ.
އެގޮތުން ލިވަޕޫލް އިން އެ ޓީމަށް ގެންދިޔަ އިނގިރޭސި ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް ރަސްމީކޮށް ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި މިއަދު ދައްކާލާނެ އެވެ. އަދި ޕްރިމިއާ ލީގުގެ ކްލަބް ބޯންމަތު އިން އެ ޓީމާއި އަލަށް ގުޅުނު ޑިފެންޑަރ ޑީން ހުއިސެން ވަނީ މިދިޔަ ބުދަ ދުވަހު އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާފަ އެވެ. ރެއާލް މެޑްރިޑް އިން ފީފާ ކްލަބް ވޯލްޑް ކަޕަށް ތައްޔާރުވާން ފަށާފައިވާއިރު ނިމިގެންދިޔަ ސީޒަނުގައި އެ ޓީމަށް އެންމެ ބޭނުންވި ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން އާސެނަލް އަތުން ބަލިވެ މުބާރާތުން ކަޓާފައިވާއިރު ލަލީގާ ނިންމާލާފައިވަނީ ދެވަނައިގައި އޮވެގެންނެވެ. އަދި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް މިދިޔަ ސީޒަނުގައި ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
ޖޫން މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރެއާލް މެޑްރިޑް ހިމެނޭ ގްރޫޕް އެޗްގައި ދެން އޮތީ ސައުދި އަރަބިއްޔާގެ އަލް ހިލާލް އާއި މެކްސިކޯގެ ޕަޗޫކާގެ އިތުރުން އޮސްޓްރިއާގެ ސަލްޒްބަރގް އެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
