
ޗެލްސީއިން 2018 ވަނަ އަހަރު ސްޕޭނުގެ ކީޕަރު ކެޕާ އަރިޒަބަލަގާ ގަތީ 75 މިލިއަން ޔޫރޯ ދީފަ އެވެ. އެތްލެޓިކް ބިލްބާއޯއިން ގެނައި ކީޕަރަށް ޗެލްސީގައި މާމޮޅު ކުޅުމެއް ނުދެއްކުނެވެ. އެންމެ ފަހުން ޗެލްސީން އޭނާ ވިއްކާލީ އެވެ. އޭގެ ހަތް އަހަރު ފަހުން އިނގިރޭސި ލީގުގެ ތައްޓަށް ވާޑަކުރަން އުޅޭ އާސެނަލް އިން މިހާރު ވަނީ އޭނާ ގަތުމަށް ތައްޔާރުވެފަ އެވެ. އެކުލަބުގެ ބަދަލު ކީޕަރަކަށެވެ. އެކަމަކު އެއީ އެންމެ ފަސް މިލިއަން ޔޫރޯ އަށެވެ. އުމުރުން 30 އަހަރުގެ ކެޕގެ އަދިވެސް ބެލެނެވެރި ކުލަބަކީ ޗެލްސީ އެވެ. މިހެންވެ އާސެނަލްއިން އޭނާ ގަތުމުގެ އެއްބަސްވުން ވެސް ހަދާނީ ޗެލްސީއާއެކުގަ އެވެ. ނަމަވެސް އޭނާ އެންމެ ފަހުން ކުޅުނީ ޕްރެމިއާ ލީގުގެ ބޯނެމައުތަށެވެ. އެއީ ޗެލްސީ އޭނާ ބޭނުން ނުވުމުން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި 31 މެޗު ކުޅެ އަށް މެޗެއްގައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިފަ އެވެ.
އާސެނަލްގެ އެއްވަނަ ކީޕަރަކީ ސްޕޭނުގެ ޑޭވިޑް ރާޔާ އެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި މޮޅަށް ކުޅެފަ އެވެ. ނަމަވެސް ކޯޗު މިކޭލް އާޓެޓާ ބުނީ ތަޖުރިބާކާރު އަދި އެއްވަނަ ކީޕަރުކަން ޖެހިލުމެއްނެތި ކުރެވޭ ވަރުގެ އިތުރު ކީޕަރަކު ޓީމުގައި ހުންނަން ޖެހޭ ކަމަށެވެ. ކެޕާ ގެންނަނީ މިހެންވެ ކަމަށެވެ. ކެޕާ ވަނީ ޗެލްސީން ބޭނުން ނެތުމުން ހުސްވި އަހަރުގެ ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ވެސް 10 ވަރަކަށް މެޗު ކުޅެދީފަ އެވެ. ލޯނު އުސޫލުން އޭނާ ގެންގޮސްގެން ކުޅުވި ބައެއް މެޗުތަކުގައި މޮޅަށް ކުޅުމުން ރެއާލްއިން އޭނާގެ އެއްބަސްވުން ދާއިމީ ކުރުމަށް ވެސް ވިސްނި އެވެ. ނަމަވެސް ފަހުން އެ ހިޔާލު ދޫކޮށްލީ އެއް ފެންވަރެއްގައި ކެޕާ އަށް ހިފަހައްޓާ ނުލެވުމުންނެވެ.
އާސެނަލްއިން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސީޒަނަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރުމަށެވެ. މި ގޮތުން އެ ޓީމުން ކީޕަރަކާއި ފޯވަޑެއް އަދި މެދުތެރެ އަށް ކުޅޭ ދެ ކުޅުންތެރިންނާއި ޑިފެންޑަރެއް ބޭނުންވާ ކަމަށް ކޯޗު މިކޭލް އާޓެޓާ ވަނީ ބުނެފަ އެވެ. އާސެނަލް އަކީ ޕްރެމިއާ ލީގުގައި ހުސްވި ތިން ސީޒަނުގައި ވެސް ތައްޓަށް އެންމެ ބޮޑަށް ވާދަކުރި ޓީމެވެ
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
