
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ހައްޖާޖީން ބަލާ އެއާޕޯޓަށްދާއިރު، ކުޑަކުދިން ނުގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ހައްޖުވެރިންނާއި އުމްރާވެރިން އެނބުރި ރާއްޖެ އައުމާ ގުޅިގެން އާންމު ރޯގާތައް އިތުރުވެދާނެކަން ހާމަކޮށް އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. މި އަހަރު ރާއްޖެއިން 1000 މީހުން ހައްޖުގެ އަޅުކަމަށް ގޮސްފައިވާއިރު، އެ ފަރާތްތައް އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހެވެ.
މިކަމާ ގުޅިގެން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވެފައިވަނީ މިހާރުވެސް ރާއްޖޭގައި އާންމު ރޯގާތައް އިތުރުވެފައިވާ ކަމަށެވެ. “ތަފާސް ހިސާބުތަކުން ބަލާއިރުގައި މިއަހަރުގައި ފާހަގަކުރެވެނީ އާންމުކޮށް ރޯގާގެ ބާވަތްތައް އިތުރުކަން. އޭގެތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ، ކޮވިޑް މީ ހަމަ ދެން އެއް ރޯގާތަކެއް.” ހަމްޒަތު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވެފައިވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންފައިވެއެވެ.
“ރޯގާތަކާއި ހައްޖު މޫސުމާއި ގުޅިގެން މިއަންނަނީ ކޮންމެގޮތެއް ވިޔަސް. އަދިވެސް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވެނީ ހައްޖުވެރިން މާލެ އެނބުރި އަންނައިރު އެއާޕޯޓް ފުރެންދެން ކުޑަކުދިންނާއި ބޮޑެތި މީހުންނާއި މުސްކުޅިންނާއި އެބަތިބެއޭ ހައްޖުވެރިން ބަލާގޮސް. މިއީ ދީނީގޮތުންވެސް ދުނިޔެވީ ގޮތުންވެސް ވަރަށް ބޮޑު ކަމެއްކަން ހައްޖަން ދިޔުން މިވަނީ. އެކަމަކު އޭގެ ސަބަބުން ގިނަ ބަޔަކަށް ބަލި ޖައްސަން އެންމެން އެއްތަނަކަށް އެއްވުމަށްވުރެ މަދު ބަޔަކު ގޮސް އެބޭފުޅުން ގެޔަށް ގެނެސް ގޭތެރޭގައި ކުރާ ސެލެބްރޭޝަން ފާހަގަކުރާނީ. އަޅުގަނޑަށް ފާހަގަކުރެވޭ ތުއްތު ކުދިން ގޮވައިގެން ހޮސްޕިޓަލްތަކަށް އެބަދޭ ބަލިމީހުންނަށް ގޮވާލަން. އެކަން އެބަޖެހޭ މަދުކުރަން.”، އިޔާޒު ވިދާޅުވިއެވެ.
މި ދުވަސްވަރު އާންމުކޮށް ފެތުރޭ ރޯގާތަކުގެ ތެރޭގައި އިންފްލުއެންޒާ، ކޮވިޑް-19 އަދި ވައިރަލް ހުން ހިމެނެއެވެ. އަދި ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އޮތްކަންވެސް އިޔާޒު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ޑރ. އިޔާޒު ވަނީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅިކަމުގައިވިޔަސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ، ސިއްހީ ފަރުވާ ހޯދުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
“ކޮވިޑް އަޅުގަނޑުމެން މި ބަލަނީ އާންމު ރޯގާއެއްގެ ގޮތުގައި. އާރުއެސްވީ، ކޮމަން ކޯލްޑު އިންފްލުއެންޒާ މިހުންނަނީ ރާއްޖޭގައި ކޮވިޑް ވެސް ހަމަ މިބަލަނީ އާންމު ރޯގާގެ ތެރޭގައި ހިމެނޭ އެއްޗެއްގެ ގޮތުގައި. މި ހުރިހާ ރޯގާއެއްގައިވެސް އަޅަން ޖެހޭ ފިޔަވަޅުތައް. ގިނަ ވައްތަރުތައް ގައިން ގަޔަށް މި އަރަނީ ނޭވާލާ ނިޒާމުގައި ހުންނަ ޕާޓިކަލްސްއެއްގެ ސަބަބުން. މިސާލަކަށް ކެއްސާއިރު ވައިގެ ތެރެޔަށް ގޮސް ކައިރީގައި ހުންނަ މީހާއަށް ޖެހުމުގެ ސަބަބުން މި ބަލި ޖެހެނީ. މީހުންގެ ތެރެއަށް ނުކުމެ އުޅެންޏާ ކިތަންމެ ވަރަކަށް މާސްކު އަޅައިގެން އުޅުނަސް އެހާ ކައިރި ކުއާޓާސްތަކުގައި މަސައްކަތް ކުރަންޏާ ކޮންމެވެސް ވަރަކަށް ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑުވެގެން އެބަދޭ.” އިޔާޒު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި ރޯގާތަކުން ރައްކާތެރިވުމަށް އަތް ދޮވުމާއި، ކެއްސާއިރު އަނގަޔާއި ނޭފަތް ނިވައިކުރުމާއި، ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
