
(ފޮޓޯ ކްރެޑިޓްސް: ޓޫރިޒަމް މިނިސްޓްރީ)
ދިވެހި ރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފިއެވެ. އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހު ކޮށްފައިވަނީ މިހާރު ކުރިއަށްދާ އ.ދ.ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައެވެ. ދިވެހި ރާއްޖެއިން ޤައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްދެއްވީ އ.ދ ގެ 3ވަނަ އޯޝަންސް ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާރޓްނަރޝިޕާއެކު އިންތިޒާމުކުރި ހަރަކާތެއްގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.
އޯޝަން އެކައުންޓްސް އަކީ ތިމާވެށީގެ ދާއިރާއިން، ޚާއްޞަކޮށް ކަނޑާއި އައްސޭރިފަށުގެ ޤުދުރަތީ ނަސްލުތަކާއި މާޙައުލީ ނިޒާމުތައް، ޤުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި ގުނަކޮށް، މިންކޮށް، އެ ވަސީލަތްތަކުގެ ޙާލަތު ދެނެގަނެ، އޭގެއިން ލިބޭ އިޤްތިސާދީ އަދި އިޖްތިމާޢީ ފައިދާތައް ހިސާބުކިތާބުކޮށް ދެމެހެއްޓެނިވި ތަރައްޤީ ބައްޓަންކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ.
މި މަގުޗާޓުގެ އެކުލެވިގެންވާ މައިގަނޑު 3 ލަނޑުދަނޑި
– 2026ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ މަސައްކަތްކުރުމަށް ބިންގާ އެޅުން
– 2028ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޯޝަން އެކައުންޓްސް ޕައިލެޓްކޮށް، ގައުމީ ފެންވަރުގެ ނިޒާމެއް އެކުލަވާލުން
– 2030ވަނަ އަހަރުގެ ނިޔަލަށް، އޯޝަން އެކައުންޓްސްގެ ނިޒާމުން ލިބޭ މައުލޫމާތު ހުރިހާ ގިންތިއެއްގައި ތަރައްގީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރުން
މަގު ޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީ އާއި އިޖްތިމާޢީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާ ކަން ފާހަގަކުރައްވާފައިއެވެ. އެހެންކަމުން، ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި، ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރިކުރުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ. މިމަހުގެ 9ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސްގައި ކުރިއަށްގެންދާ އޯޝަން ކޮންފަރެންސް ނުވަތަ ކަނޑުތަކުގެ މަހާސިންތާގެ މައިގަނޑު މަގްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ.
މި މަހާސިންތާގައި އެންމެ އިސްކަމެއް ދެނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 14ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒިރު ޠާރިޤް އިބްރާހިމްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ބަޒީރު އަޙްމަދު ޝިޔާމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
