
މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތްތައް އެއްވެސް ބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކޮމިޝަނުން މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު ހާދިސާގައި ކޮމިޝަންގެ މައްޗަށް ބެލުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ފަށާފައިވާކަމަށެވެ. އެގޮތުން ކޮމިޝަންގެ މަސައްކަތައް އެއްބާރުލުން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރަން ފަށާފައިވާކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް މާގިނަ ދުވަސްތަކެއް ނަގާނެކަމަށް ނުބެލެވޭކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ބަޔެއްގެ ނުފޫޒެއް ނުފޯރުވެވޭނެކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނީ ވަރަށް މިނިވަންކަމާއެކުގައިކަމަށެވެ. އަދި ކޮމިޝަނަށް ނުފޫޒެއް ފޯރުވާ ހިސާބުން ވަގުތުން އިސްތިއުފާދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ޕޯޓަލްއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ސުވާލުވެސް ކުރެވޭނެކަމަށާއި އެ ސުވާލުތަކަށް ޖަވާބުވެސް ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ދުވަހުން ދުވަހަށް އެނގޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެހޭނެކަންވެސް މުނައްވަރު ފާހަގަކުރެއްވިއެވެ.

މިމަހުގެ 18ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، ކޮމިޝަނެއް އުފައްދަވާފައިވަނީ މިމަހުގެ 27ވަނަ ދުވަހުގައެވެ. އެ ކޮމިޝަނުގައިި 5 މެންބަރުން ތިއްބަވައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
