
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު އަހުމަދު ސަރީރުގެ މަޤާމުގެ ފަތްކޮޅު އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހިސެއިން އިބްރާހިމް ތާހާއަށް އަރުވައިފިއެވެ. އޯއައިސީއަށް ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައިމަރުކަޒުގައެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި ސަރީރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އަރިސްކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ސަރީރު ވަނީ އޯއައިސީގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ގޮތަށް އޯއައިސީގެ އުސޫލުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންއަންނަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި އޯއައިސީގެ މެމްބަރު ގައުމުތައް އެއްބައިވަންތަކުރުމުގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާޢީ ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ފަލަސްޠީނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އޯއައިސީއާއި މެމްބަރު ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި ގާތުން މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށްވެސް ސަރީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
މިބައްދަލުކުރެއްވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްވަނީ ރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއެކު އޮންނަ ގުޅުން ހަރުދަނާކޮށް އިސްލާމީ ޤައުމުތަކުގެ ކުރިމަގު އުޖާލާކުރުމަށް އޯއައިސީން ކުރަމުން އަންނަ މަސައްކަތް ސެކްރެޓަރީ ޖެނެރަލްވަނީ ހިއްސާކުރައްވާފައެވެ. ފަތްކޮޅު އެރުވުމުގެ މިރަސްމިއްޔާތުގައި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ސެކަންޑް ސެކްރެޓަރީ ރަހުމަތުﷲ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. އޯއައިސީއަކީ 57 މެމްބަރު ޤައުމު ހިމެނޭ ބައިނަލްއަޤްވާމީ ޖަމްއިއްޔާއެކެވެ. ދިވެހިރާއްޖެއިން އޯއައިސީއާ ގުޅުނީ 1976 ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
