
(ފޮޓޯ ކްރެޑިޓްސް: ޤަތަރު އެއާރވޭސް)
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން 4 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިމަހުގެ 28 އިން މޭއި މަހުގެ 1 ވަނަ ދުވަހަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މާރކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތްތަކެއް އެމްއެމްޕީއާރްސީން ދަނީ ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް 4 އެއްބަސްވުމެއްގައި މިހާތަނަށް ވަނީ ސޮއިކޮށްފައެވެ.
މިފަހުމުނާމާތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމްބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖެއިން ފުރަތަމަ ސޮއިކޮށްފައިވަނީ އެމިރޭޓްސް އެއަރލައިނާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސް ދަތުރުކުރާ ސަރަހައްދުތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެއެއަރލައިނުން މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރާނެއެވެ.
ރާއްޖެއިން ދެން ސޮއިކޮށްފައިވަނީ ޤަތަރު އެއަރވޭސްއާއެކުއެވެ. ޤަތަރު އެއަރވޭސްއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުންވެސް ޤަތަރު އެއަރވޭސްއިން ރާއްޖޭގެ ފަތުރުވެރިކަން އެކި ސަރަހައްދުތަކުގައި ޕްރޮމޯޓްކުރާނެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރާނެ ކަމަށް ޤަތަރުއެއަރވޭސް އިން ބުނެއެވެ.
ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްވެސް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ރިސޯޓް ލައިފް ކުންފުންޏާއެކު ސޮއިކުރި މި އެއްބަސްވުމާއެކު އެ ސަރަހައްދުން އިތުރު ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރްސީއާއެކު މަސައްކަތް ކުރެވޭނެ ކަމަށް ރިސޯޓްލައިފުން ވަނީ ބުނެފައެވެ. އަދި މި ސަރަހައްދުގެ މިހާރުވެސް މަސައްކަތް ކުރަމުންދާ ރިސޯޓުލައިފާއެކު މާކެޓް ކުރުމުގެ އިސްތިރާޖުތައް އެކުލަވާލެވޭނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފައެވެ.
މިއެއްބަސްވުމުގެ އިތުރަށް އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ ޖަމްޢިއްޔާއާއެކުވެސް އެމްއެމްޕީއާރްސީން ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ. އެމްއެމްޕީއާރްސީން ޤަބޫލްކުރަނީ މި އެއްބަސްވުންތަކާއެކު، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
