
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ސީދާ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުުރުމުގެ ނިޔަތުގައި “ވަގުތުން ދުރަށް ދައްކައިގެން” ހިންގަމުންދާ ޖަރީމާއެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ނެރުނު އެ ޖަމުޢިއްޔާގެ އަހަރީ ރިޕޯޓުގައި ބުނީ ޣައްޒާގައި ޙަރަކާތްތެރިވާ ޔަހޫދީ ފައުޖު އދގެ ނަސްލުހޭދު ކުރުމާގުޅޭ މުއާހަދާއާ ޚިލާފަށް، އާންމުންނަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް ދެމުންދާ ކަމަށެވެ. ޣައްޒާގެ އާންމުންގެ ފުރާނައަށް ނުރައްކާވާފަދަ ޖިސްމާނީ ޙާލަތެއް މެދުވެރި ކުރުވުމުގެ މަޤްސަދުގައި ޣައްޒާގެ ރައްޔިތުންނަށް ގަސްތުގައި ގެއްލުން ދެމުންދާ ކަމަށް ވެެސް އެ ޖަމުޢިއްޔާއިން ވަނީ ބުނެފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ ޔަހޫދީން ތަކުރާރުކޮށް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންކާރުކޮށް، ހުރަސްއަޅަމުންދާ ކަމަށެވެ. އޭގެ އިތުރުން، ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަޙަށް ޔަހޫދީން އަރައިގެންފި ނަމަ އާންމުންނަށް ލިބޭނެ ބޮޑެތި ގެއްލުންތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢު އަދި ބައިނަލްއަޤްވާމީ ޢަދުލްއިންސާފާބެހޭ ކޯޓު، އައިސީޖޭއިން އިންޒާރު ދިން ނަމަވެސް، އެ ސިޓީއަށް ޔަހޫދީން އަރައިގަނެފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުން ޔަހޫދީން ދެމުންދާ ވައިގެ ޙަމަލާތައް ވެސް އެތައް ފަހަރަކު އާންމުންނަށް އަމާޒު ކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ފާހަގަ ކުރިއެވެ. އަދި އެއްވެސް ހަމައެއް ނެތި އާންމުން ހައްޔަރު ކުރަމުންދާ ކަމަށާއި ބައެއް ޙާލަތްތަކުގައި އާންމުން ގެއްލުވާލަމުންދާ ކަމަށް ވެސް އެ ޖަމުޢިއްޔާއިން ބުނެފައިވެެއެވެ. ރިޕޯޓުގެ ތަޢާރަފުގައި އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް، އެގްނެސް ކަލަމާޑް ވިދާޅުވީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ އެ މީހުންގެ ޖަރީމާތައް މުޅި ދުނިޔެއަށް ވަގުތުން ވަގުތަށް ދައްކަމުން ކަމަށެވެ. ޔަހޫދީން ކުށެއްނެތް އެތައް ހާސް ބައެއްގެ ލޭ އޮހޮރުވައި ޝަހީދު ކޮށް، ޢާޢިލާތައް ނައްތާލައި ވުޖޫދުން ފޮހެލައި، ގެދޮރާއި ބިނާރުތައް ސުންނާފަތިކޮށް ފަނާ ކުރަމުންދާއިރު ޤައުމުތަކާއި ސްޓޭޓުތަކުން އެ މަންޒަރުތައް ބަލަމުން ދަނީ އެއްވެސް އާރެއްބާރެއް ނެތް ބައެއް ފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ. އިޒްރޭލާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތައް، ޚާއްސަކޮށް އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ޢަމަލު ކުރަމުން ދަނީ ޔަހޫދީންގެ މައްޗަށް އެއްވެސް ބައިނަލްއަޤްވާމީ ޤާނޫނެއް ނުހިންގޭނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ 51،300 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ބުނެއެވެ. އޭގެ ތެރޭގައި 17،400 ކުޑަކުދިން ވެސް ހިމެނެއެވެ. ކަލަމާޑް ވިދާޅުވީ އެމެރިކާގެ ސަރުކާރު ހިމެނޭހެން، ބައެއް ބާރުތަކުން ހީނުކުރާ ގޮތަކަށް ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި އިންސާނީ ހައްޤުތަކަށް ނުރައްކާ ކުރަމުންދާ ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ޚިލާފުވުމުން އެ ކަމަށް ޖަވާބުދާރީ ކުރުވުން ހުއްޓުވުމަށާއި ބައިލަންއަޤްވާމީ ޤާނޫނާއި އދއާ ދެކޮޅަށް އެތައް ޙަމަލާއެއް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ. ނަމަވެސް ފަޤީރުކަން ނައްތާލައި ނަސްލީ އަދި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށް އަޅާމުންދާ ފިޔަވަޅުތަކަކީ މި އަހަރު އަލަށް ހިނގާ ކަންކަން ނޫންކަމަށާއި އެއީ ޒަމާނުއްސުރެ ވަމުން އަންނަ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުގައި އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތައް ކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި އަފްޣާނިސްތާނާއި އީރާނުގައި ޖިންސީ ތަފާތުކުރުން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅިފައިވާ ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
