
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްޕެއިންއާއި ޕޯޗުގަލްގެ ބޮޑު ސަރަޙައްދަކުން ގިނަ ވަގުތުތަކަށް ކަރަންޓު ކެނޑިފައި އޮތުމަށް ފަހު އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. އޭޕްރިލް މަހުގެ 28ވަނަ ދުވަހު ސްޕެއިނާއި ޕޯޗުގަލުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުމުން ދެ ޤައުމުގެ ދަތުރުފަތުރުގެ ނިޒާމުތައް ވަނީ ހުއްޓިފައެވެ. އެ ގޮތުން މެޓްރޯ ދަތުރުތަކާއި ރޭލު ދަތުރުތައް މެދުކެނޑުނެވެ. ޓްރެފިކް ލައިޓުތައް މަސައްކަތް ކުރުން ހުއްޓުމުގެ ސަބަބުން ތޮއް ޖެހުން އިތުރުވެ މަގުތައް ބަންދުވުމަށް މެދުވެރިވިއެވެ. ޕޯޗުގަލްގެ ލިޒްބަނާއި ޕޯޓޯގެ އިތުރުން ފާރޯގެ ވައިގެ ބަނދަރުތަކުގައި މަސައްކަތް ކުރަމުން ދިޔައީ އެމަޖެންސީ ޖެނެރޭޓަރުތައް ޖައްސައިގެންނެވެ. ގިނަ ޢަދަދެއްގެ ފްލައިޓުތައް ޖެއްސުމާއި ފުރުވާލުމުގައި ލަސްތައް ކުރިމަތިވިއެވެ. ފޯނާއި އިންޓަނެޓުގެ ޚިދުމަތަށް ވެސް ވަނީ ބުރު އެރިއެވެ.
އޭގެ އިތުރުން ދެ ޤައުމުގެ ހަސްފަތާލުތަކުގައި ތިބި ޙާލު ބޮޑު ބަލި ބޮޑު މީހުން ކޮންމެހެން ވަގުތުން ވަގުތަށް ކުރަންޖެހޭ އޮޕަރޭޝަންތައް ކުރަމުން ދިޔައީ ބެކްއަޕް ޖެނެރޭޓަރުތަކުގެ އެހީގައި ކަރަންޓު ފޯރު ކޮށްދީގެންނެވެ. ކުުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން ވަނީ ލިފްޓުތަކުގައި އާއި މެޓްރޯ ނިޒާމުގެ ތެރޭގައި ތާށިވެފައެވެ. ދެ ޤައުމަށް ކަނު އަނދިރިވެ އެތައް މިލިޔަން މީހުން މުޅި ރޭ ތިބީ އެ އަނދިރިކަމުގެ ތެރޭގައެވެ. ނަމަވެސް މިހާރު ވަނީ ޕޯޗުގަލްގެ ހުރިހާ ސަރަޙައްދަކަށާއި ސްޕެއިނުން ކަރަންޓު ކެނޑުނު ސަރަޙައްދުތަކުގެ ތެރެއިން 99އިންސައްތައަށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށައިފައެވެ. ކަރަންޓު ލިބެމުން ދިޔަ ނަމަވެސް މެޓްރޯ އަދި ރޭލު ސްޓޭޝަންތަކުގައި އަދިވެސް ގިނަ ޢަދަދެއްގެ މީހުން ތާށިވެފައި އެބަ ތިއްބެވެ. އެއީ މެޓްރޯގެ ޚިދުމަތް އަދިވެސް އެއްކޮށް ދޭން ފަށާފައި ނުވާތީއެވެ.
ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ. ކަރަންޓު ކެނޑުނޫ ފިނިހޫނު މިނަށް އައި ކުއްލި ބަދަލެއްގެ ސަބަބުން ދިމާވި ޤުދުރަތީ ކަމެއްގެ ސަބަބުން ކަމަށް ބައެއް އިދާރާތަކުން ވަނީ ލަފާ ކޮށްފައެވެ. އަދި އެއީ ސައިބަރ ޙަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވެސް ވަނީ ވާހަކަ ދެކެވިފައެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވަނީ ކަރަންޓު ކެނޑެން މެދުވެރިވީ ސައިބަރ އެޓޭކާއި މޫސުމާ ގުޅުންހުރި ސަބަބަކާ ގުޅިގެން ނޫން ކަމަށެެވެ.
ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ ސްޕެއިނުން ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވަނީ ކަރަންޓު ކެނޑެން މެދުވެރިވެދާނެ އެންމެހާ ސަބަބުތައް ބަަލަމުންދާ ކަމަށެވެ. މި ޙާލަތުގައި ކަން ހިނގި ގޮތާމެދު އަމިއްލައަށް ގޮތް ނުނިންމުމަށް އޭނާ ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެ ގޮތަށް އަމަލު ކޮށްފި ނަމަ ހަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަންޗޭޒް ވިދާޅުވީ ހާދިޘާ މެދުވެރިވި ވަގުތު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި 15 ގިގަވޮޓުގެ ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެއީ ސްޕެއިންގައި ބޭނުންކުރާ ކަރަންޓުގެ 60 އިންސައްތައެވެ.
ސްޕެއިންގެ ކަރަންޓު ގުރިޑު ހިންގާ ރެޑް އިލެކްޓްރިކާއިން ބުނީ ވިލާތުގެ ބޮޑު ސަރަޙައްދަތަކުން ކަރަންޓު ކެނޑުމަށް މެދުވެރިވި ހާދިޘާއަކީ އާދަޔާޚިލާފު ހާދިޘާއެއް ކަމަށެވެ. އެ ކުންފުނީގެ ޑިރެކްޓަރެއް ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވީ ފަރަންސޭސިވިލާރުގައި ހުރި ވިލާތުގެ ކަރަންޓު ގުރިޑަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ގުރިޑަށް ދިމާވި މައްސަލައަކީ ކޮބައި ކަމެއް ވެސް ސާފެއް ނުވެއެވެ. މިއީ ފާއިތުވި މަސްތަކުގައި ވިލާތުގެ ބޮޑު ކަރަންޓު ނިޒާމެއް ހުއްޓުމަކަށް އައި ދެވަނަ ފަހަރެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ވިލާތުގެ އެންމެ ހަލަބޮލި ވައިގެ ބަނދަރު ކަމުގައިވާ ހޯތުރޯ އެއާޕޯޓުން ކަރަންޓު ކެނޑި ބަންދު ކުރަން ޖެހުނެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގެ ވައިގެ ދަތުރުތަކަށް ބުރޫއެރިއެވެ.
އެންމެ ފަހުގެ މި ހާދިޘާގެ ސަބަބުން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން ހިފާ ކަރަންޓު ގުރިޑުތަކަށް އިތުބާރު އޮތް މިންވަރާމެދު ސުވާލު އުފެދިފައެވެ. ސްޕެއިންއަކީ އިރުގެ ހަކަތައާއި ވައިން އުފައްދާ ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
