
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޭނާ މަސައްކަތް ކުރަމުންދަނީ އަމިއްލަ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށް ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އިންޓަރ މިލާނާ ދެކޮޅަށް މިރޭ ބާސެލޯނާ ކުޅޭ މެޗުގެ ކުރިން ޔަމާލް ބުނެފައިވަނީ އޭނާ މެސީއާ އަޅުވައި ކިޔަން ބޭނުންނުވާ ކަމަށެވެ. “އަހަރެން އެއް އިރެއްގައިވެސް މެސީ އާއި އަޅުވާ ނުކިޔަން އަދި ވަކިން ހާއްސަކޮށް މެސީ އާ. މެސީ އަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާ.” އުމުރުން 19 އަހަރުގެ ލަމީން ޔަމާލް ބުންޏެވެ.
“އަހަރެން ގަބޫލެއް ނުކުރަން އެއްވެސް ކުޅުންތެރިޔަކާ އެއްވަރުތޯ ބެލުމަށް އަޅުވާ ކިޔަންވާނެ ކަމަކަށް. އަހަރެން ބަލަނީ އަމިއްލަ ގޮތުގައި ކުރިއަށް ދާން.” ލަމީން އިތުރަށް ބުންޏެވެ. ޒުވާން އުމުރުގައި ލަމީން ޔަމާލް ވަނީ ސްޕެއިން އާއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިރޭ އިންޓަރ މިލާނާއި ދެކޮޅަށް އޭނާ ކުޅޭ މެޗަކީ ބާސެލޯނާއަށް ކުޅެދޭ 100 ވަނަ މެޗެވެ. މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރަސަތު ބާސެލޯނާ އަށް ލިބިފައިވާއިރު އެ ޓީމުން ވަނީ މި ހަފްތާގައި ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ވަދަވެރި ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ހޯދާފަ އެވެ.
ސްޕެއިންގެ ބޮޑު ބަޔަކުން މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ކަރަންޓު ކެނޑިފައިވީ ނަމަވެސް ހަމަޖެހިފައިވާ ގޮތަށް މި މެޗު ކުރިއަށްދާނެ ކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ. އަދި މެޗުގެ ކުރިން ދެ ޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ބާއްވާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ބާއްވާފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
