
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނިޓުގައި ޕީއެސްޖީ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު ޕީއެސްޖީ އަށް ކާމިޔާބުކޮށްދީފައިވަނީ ކްވިޗާ ކްވަރަޓްސްކޭލިއާ ދިން ޕާހަކުން އުސްމާން ޑެމްބެލޭ އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޑެމްބެލޭ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. ޕީއެސްޖީ އިން މެޗުގެ ފުރަތަމަ ހާފުގައިވަނީ މޮޅު ކުޅުމެއް ދައްކާ އާސެނަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޑިސަޔާ ޑޯއޭ ފޮނުވާލި ނުރައްކާތެރި ހަމަލާ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
ޕީއެސްޖީ މި މުބާރާތުގެ ސެމީ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އެ ޓީމުގެ ގޯލުކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ މި މެޗުގައި އާސެނަލްގެ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ. އެގޮތުން ގެބްރިއެލް މާޓިނޭލީ އާއި ލިއަންދްރޯ ޓްރޮސާޑު ފޮނުވާލި ހަމަލަތައް ފާހަގަކޮށްލެވެއެވެ. ޑޮންނަރޫމާ ވަނީ ލިވަޕޫލް ގެ އިތުރުން އެސްޓަން ވިލާ އާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މި މެޗުގައި އާސެނަލްއަށް ލިބުނު ހިލޭ ޖެހުމެއް ޑެކްލަން ރައިސް ނަގައިދިން ވަގުތު މިކެލް މެރީނޯ ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އަށް ލީޑު ފުޅާ ކުރަން ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބަދަލު ކުޅުންތެރިޔާ ބްރޭޑްލީ ބާކޯލާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރުވެފައިވާއިރު ގޮންސާލޯ ރާމޯސްގެ ހަމަލާ ގޯލުގެ ދަނޑީގައި ޖެހިފައި ވަނީ ބޭރުވެފަ އެވެ. ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ޕީއެސްޖީ އިން މަސައްކަތް ކުރަމުންދާއިރު މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ހަފްތާގައި ފްރާންސްގެ ޕެރިހުގައި ޕީއެސްޖީގެ ދަނޑުގަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
