
ޔޫރަޕުގެ އެންމެ ވަރުގަދަ ޑިފެންސް ލައިން އޮތީ އިންޓަރ މިލާނުގައި ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ. އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. “ޔޫރަޕުގެ އެންމެ ވަރުގަދަ ޑިފެންސް ލައިނެއް އޮތް ޓީމަކީ ބާސެލޯނާ. އަހަރުމެން ވާނީ އިދިކޮޅު ޓީމު ވަރަށް ބޮޑަށް އެނަލައިޒް ކޮށްފައި. އެމީހުން ބަލިކުރުމަކީ ފަސޭހަ ކަމަކަށްނުވާނެ. އެއީ ވަރަށް ވަރުގަދަ ޓީމެއް،” ފްލިކް ބުންޏެވެ. މި މެޗަށް ނުކުންނައިރު އިންޓަރ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. މިއާއެކު އިޓާލިއަން ލީގު ދިފާއު ކުރުމަށް ތާވަލުގެ އެއްވަނާގައި މިހާތަނަށް އޮތް ޓީމު ވަނީ ދެވަނައަށް ވެއްޓިފަ އެވެ. މިއީ ފާއިރުވެދިޔަ 10 އަހަރު ތެރޭގައި އިންޓަ އަށް ދިމާވި ގޮތެއްނޫނެވެ.
ނަމަވެސް ބާސެލޯނާގެ ކޯޗު ބުނީ ޗެމްޕިއަންސް ލީގަކީ ތަފާތު މުބާރާތެއް ކަމަށެވެ. “އެމީހުންގެ ލީގުގައި ނަތީޖާ ދަށްކޮށް ދިޔަ ނަމަވެސް ޗެމްޕިއަންސް ލީގަކީ މުޅިން ތަފާތު މުބާރާތެއް. އަހަރުމެން އެމީހުންނާ މެދު ފަރުވާތެރިވާންޖެހޭނެ،” ކޯޗު ބުންޏެވެ. ފްލިކް ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް ކޮޕާ ޑެލްރޭ މުބާރާތް ކާމިޔާބު ކުރެވުމަކީ މި މެޗުގެ ކުރިން ޓީމަށް ލިބިފައިވާ ވަރަށް ބޮޑު އިތުބާރެއް ކަމަށެވެ. ނަމަވެސް ކޯޗު ބުނީ އެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ޑިފެންޑަރު އަލެހަންދްރޯ ބަލްޑޭ އަށް މި މެޗުގައި ކުޅެވޭނެކަން ނިންމާނީ އެންމެ ފަހު ވަގުތު ކަމަށެވެ.
“އަހަރުމެން ޓީމު ރޮޓޭޓް ކުރާނެ. އެކަމަކު އެކަން ކުރާނީ މި މެޗުގައިތޯ ސްޕެނިޝް ލީގުގައިތޯ ނިންމަން އަދި އަވަސް. އަހަރެން މަސައްކަތް މި ކުރަނީ އެންމެ ރަނގަޅު ޓީމު ނަގަން. ޗެމްޕިއަންސް ލީގަކީ އަހަރުމެންނަށް ވަރަށް މުހިންމު މުބާރާތެއް،” ކޯޗު ބުންޏެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
